ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއަކީ އިގްތިސާދީ މުހިންމު ބައިވެރިއެއް، ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ އެންމެ މުހިންމު ބައިވެރިިއެއްގެ ގޮތުގައި ޗައިނާ ބާއްވާ ގާތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމުގެ އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވެރި ރަށް ބެއިޖިންއަށް ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. މި މަހުގެ 07 ވަަނަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި، ފޫޖިއާންއަށް ވެސް ވަޑައިގަތެވެ.

ރަސްމީގޮތުން މިއަދު، ޗައިނާގެ ބެއިޖިން ބައްދަލުވުންތައް ފެށިއިރު ރަސްމިއްޔާތަށް ވަޑައިގަތުމުން ރައީސަަށް މަރުހަބާ ދެންނެވީ ޝީ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓު ވަޒީރުންނަށް ސަލާމް އަރުވާފައި ވެއެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، 2024 ވަނަ އަހަރު ގައުމެއްގެ އިސް ލީޑަރެއްގެ ހައިސިއްތުން ފުރަތަމަ ޗައިނަައަށް ވަޑައިގެންނެވި ފުރަތަމަ ރައީސަށް ވުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އަދި އެކަމުން ވެސް ރާއްޖެއާއި މެދު ޗައިނާ ބާއްވާ ގާތް ގުޅުން ހާމަވާކަމަށް ރައީސް ވިދާޅުވި އެވެ.

އިގްތިސާދީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޗައިނާވުމަކީ ގައުމަށް ލިބޭ ކުރިއެރުމެއްކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އުންމީދަކީ މަޝްވަރާގެ އަލީގައި ރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދިއުންކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: