ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ތަރުހީބު ކުޑަ، ވޯޓުލާން އަދި ނުކުތީ 3 އިންސައްތަ

އިސްމާއީލް ހަބީބް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ވޯޓުލުމަށް ނުކުންނަ މީހުންގެ އަދަދުތައް މަދުކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިހާބާއި ގުޅޭގޮތުން ސަންގުޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ހަބީބު ވިދާޅުވީ، ވޯޓުލުމުގެ މަސައްކަތްތައް ޖުމުލަ ގޮތެއްގައި ކުރިއަށް ދަނީ އަމާންކަމާއިއެކުކަމަށާއި، ލަސްވެގެންދިޔައީ މާލޭގައި ހުރި މުލަކުގެ ވޯޓު ފޮށިކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ފޮށީގައި ވޯޓުލުން ލަސްވީ ވޯޓުލާން ފެށުމަށް ބޭނުންވާ މީހުން ނައިސްގެންކަމަށާއި ފެށޭނީ ދެ މީހުން ހާޒިރުވުމުންކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވޯޓުލުމަށް ނުކުމެފައިވާ މީހުން އަދަދުތައް ދަށްކަމަށާއި މިހާތަނަށް ނުކުމެފައިވަނީ 3 އިންސައްތަ މީހުންކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި، ވީހާވެސް ގިނަ ވޯޓުލިބުމުގެ ހައްގު ލިބިފައިވާ ރައްޔިތުން ނުކުމެ ވޯޓުލެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ހަބީބް ވިދާޅުވީ، މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށައެޅިފައިނުވާކަމަށާއި މާދަމާގެ ހެނދުނުގެ ވަގުތުތަކާއި ޖެހެންދެން ކެމްޕެއިންކުރުން މަނާކަމަށްވުމުން އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގެވުމަށްވެސް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ، މިއަދު އިރުއޮއްސޭ ވަގުތާއި ގާތުން ލަސްތަކެއް ނުވެ ނަތީޖާ ހިއްސާކުރެއްވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: