މާލެ ސިޓީ މޭޔަރ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.
މާލޭގެ މޭޔަރކަމުގެ އިންތިހާބުގައި ޖުމްލަ 5 ކެންޑިޑޭޓަކު ވާދަ ކުރެއްވިއެވެ. އެއީ:
- އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު، ޝުއައިބު އަލީ
- އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު، ހުސައިން ވަހީދު
- ޕީއެންސީގެ ކެންޑިޑޭޓު، އައިޝަތު އާޒިމާ ޝަކުރޫ
- އެމްޑީޕީގެ ކެންޑިޑޭޓު، އާދަމް އާޒިމް
- ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު، ސައިފް ފާތިހު
މި އިންތިހާބުގައި 54،680 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
58 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިހާތަނަށް އައިރު ގުނި 40 ފޮށިން، އާޒިމްއަށް 45 އިންސައްތަ ލިބިވަޑައިގެންފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 29 ޕަސެންޓް ވޯޓެވެ. މި އިންތިހާބުގައި ބެހެއްޓީ 55 ވޯޓު ފޮށްޓެވެ.

