ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީއަށް ބުރަ ކުޑަކުރަން، އެ މަސައްކަތް ކުރާނެ އެހެން ކުންފުންޏެއް އުފައްދަނީ!

އެމްޓީސީސީން ކުރިޔަށް ގެންދާ ބިން ހިއްކުމުގެ މަޝްރުއޫއުތައް/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މަސައްކަތްތަކާއި، ޕްރޮޖެކްޓުތައް ގިނަވެ ބާރު ބޮޑުވާތީ އިތުރު ކުންފުންޏެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގައި ނިންމައިފި އެވެ.

އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ހަވާލު ކުރާ އެމްޓީސީސީއަކީ ރަށްތަކުގެ ބަނދަރު ހެދުމާއި، ފަޅު ފުންކުރުން އަދި ނެރުބައްތި ޖެހުމާއި އެއާޕޯޓަށް ބިން ހިއްކުމާއި އަދި އެ ނޫން ވެސް އެކި މަސައްކަތްތައް ކުރިޔަށް ގެންދާ ކުންފުޏެވެ. ވަކި މުއްދަތެއްގެ ތެރޭގައި ނިންމާ ގޮތަށް، އެމްޓީސީސީއާއި މަސައްކަތްތައް ހަވާލުކުރާއިރު ބާރު ބޮޑުވުމުގެ ސަބަބުން ޑްރެޖަރު ބޭނުން ކުރުމުގައި ދަތިތައް ދިމާވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދިމާވާ ދަތިތަކާއި، އަދި ގޮންޖެހުންތައް ހައްލު ކުރަން މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ކުރެވެ އެވެ. ކެބިނެޓު ނިންމުންތަކާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރުމަށް މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މިހާރު އެމްޓީސީސީގައި އެތައް މަޝްރޫއުއެއް ހުރީ ފުނި ޖެހި ބާރުވެފައި ކަމަށެވެ. ކުންފުންޏަކީ ގާބިލު، އަދި މަަސައްކަތް ކުރެވޭނެ ފެންވަރުގެ ކުންފުންފުންޏެއް ނަމަވެސް ބައެއް އެ ހުރިހާ މަޝްރޫއުތަކާއި ޕްރޮޖެކްޓުތައް އެއްފަހަރާ ކުރިޔަށް ގެންދިއުމުގައި ދަތިތައް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމުގެ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ފަހު ހައްލެއްގެ ގޮތުން، އެފަދަ އިތުރު ކުންފުންޏެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ. މި ނިންމުން ނިންމާފައި ވަނީ، ނާޒިމް ވިދާޅުވި ގޮތުގައި އެއް ކުންފުންޏަށް ކުރެވޭ ވަރަށް ވުރެ ގިނަ މަސައްކަތްތައް ހުރުމެވެ. އަދި މިއީ އެއްގޮތަކަށް ވެސް އެމްޓީސީސީއަށް ޕްރޮޖެކްޓުތައް ކުރިޔަށް ނުގެންދެވޭތީ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަކަށް ނުވާތީ އެކަން އޮޅުވާނުލުމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމްޓީސީސީއަކީ މިހާރު ވެސް އެންމެ ރަނގަޅަށް އޮޕަރޭޓު ކުރާ އެއް ކުންފުނިކަމަށެވެ.

އެނގިވަޑައިގަންނަވާނެ، އެމްޓީސީސީގައި ވަރަށް ގިނަ މަސައްކަތްތައް މިހާރު ވަނީ ފުނިޖެހިފައި.. އެބޭފުޅުންނަށް ކުރެވޭ ވަރަށްވުރެ މަސައްކަތްތަކުގެ އަދަދު ވަނީ ގިނަވެ، މަސައްކަތައް ވަރަށް ބޮޑުވެފައި ވާތީވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަޝްވަރާއެއް މި މަޝްވަރާއަކީ

އެމްޓީސީސީން ކުރިޔަށް ގެންދާ މަޝްރޫއުތައް ކުރިޔަށް ގެންދާނެ އިތުރު ކުންފުންޏެއް އުފެއްދުމަށް ނިންމުމުގެ ކުރިން، އެއްވެސް ވަރަކަށް ތަފާސްހިސާބުތައް އެއްކުރެވި ރިޕޯޓެއް އެކުލަވަލެތުނުތޯ ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ ސަރުކާރުން ވަކި ގޮތެއް ނިންމާނީ އެފަދަ ހުރިހާކަމަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އަދި ޕްރޮޖެކްޓުތަކުގެ ތަފްސީލުތައް އެމްޓީސީސީ މެދުވެރިކޮށް ހޯދުމަށް ނާޒިމް އެދިވަޑައިގަތެވެ.

އައު ކުންފުންޏެއް އުފެއްދުމަށް ސަރުކާރުން ނިންމިއިރު އެމްޓީސީސީއަކީ ވަރަށް ގިނަ މަސައްކަތްތައް ކުރިޔަށް ގެންދާ ކުންފުންޏެކެވެ. ބޮޑުތަނުން ފައިދާ ލިބޭ އެމްޓީސީސީއަކީ މަގުތައް ހެދުމާއި، ތާރުއެޅުމާއި ދަތުރުފަތުރު އަދި އޮޑިދޯނިފަހަރާއި އިމާރާތްތައް އެޅުމުގެ ވެސް ވަރަށް ގިނަ ހިދުމަތް ދޭ ކުންފުންޏެކެވެ. އެއާއި އެކު ރިއަލް އެސްޓޭޓް ވިޔާފާރިއަށް ވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. އަދި އެމްޓީސީސީގެ މެންޑޭޓުގެ ތެރެއިން ވަރަށް ގިނަ ކަންކަމަށް ޖާގަ ވެސް ދެ އެވެ. މިއީ ވަރަށް ގިނަ މެޝިނަރީއާއި އިކުއިޕްމަންޓުތަކަށްވުމާއި އެކު، މަސައްކަތްތައް ބަހާލާނެ ގޮތާއި މެދު ވެސް ނޫސްވެރިން ސުވާލު ކުރި އެވެ. އެކަމަކު ނާޒިމް އެކަމަށް ސީދާ ވަކި ޖަވާބެއް ނުދެއްވަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވަނީ، ވަޒީރުންގެ މަޖިލީހުން ފައިދާ ނުވާ ކުންފުނިތަކާއި މެދު ގޮތެއް ނިންމާނެކަން ވެސް ހާމަކުރައްވާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެމްޓީސީސީ އަކީ ހުރިހާ ވަސީލަތެއްހުރި ގާބިލް ކުންފުންޏެއް. ޖަރީމާ ހިންގަން ފެށުމުގެ ކޮޅުމަތި މިފެންނަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: