ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ފެބްރުއަރީ 5 ގައި!

ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްުޔާތުގައި ރައީސް ޑރ. މުއިއްޒާއި، ނައިބު ރައީސް ހުސެއިން މުހައްމަދުގެ އިތުރުން މަޖިލިސް ރައީސް އަސްލަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ރިޔާސީ ބަޔާން އިއްވުމުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ނިމްމައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މަޖިލީހުގެ އިދާރާއިން ބުނީ، ފެބްރުއަރީ މަހުގެ 05 ވާ ހޯމަ ދުވަހުގެ ހެނދުނުގެ 09:00 ގައި މި އަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާ އޮންނާނެ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު ފަށާފައިވާއިރު، މިއީ ވެރިކަމާއި ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ދެއްވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ގާނޫނުއަސާސީގެ ދަށުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އެ އަހަރަކަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ގެނެސްދެއްވާނެ ހައްލުތައް އަދި ގައުމުގެ ހާލަތު ރަނގަޅު ކުރުމާއި ގުޅޭގޮތުން ރާވާފައިވާ ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ރިޔާސީ ބަޔާނެއް އިއްވަން ޖެހޭނެ އެވެ.

މަޖިލީހުގައި މީގެ ކުރިން ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާތަކުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަޔާން އިއްވާ ވަގުތު އޭރު އިދިކޮޅުގައި އޮތް ކޮންގްރެސް ކޯލިޝަނުން ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިހުތިޖަޖުތައް ކުރި އެވެ.

މަޖިލީހުގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވާއިރު، އެމްޑީޕީ ދޫކޮށް 14 މެމްބަރަކު ވަނީ ސަރުކާރާއި ގުޅިވަޑައިގެންފަ އެވެ. އެހެންވެ ދައުރު ފެށުނުއިރު ސުޕަ މެޖޯރިޓީއެއްގައި އޮތް އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 43 އަށް ދަށްވެފަ އެވެ.

މިއީ މި ދައުރުގެ އެންމެ ފަހު ޖަލްސާތަކެވެ. އެއަށް ފަހު ދެން އައު ދައުރަކަށް މަޖިލިސް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން އަންނަ މާޗު މަހުގެ 17 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި ސިޔާސީ ޕާޓީތަކުން ދަނީ، ޕްރައިމެރީތައް ބޭއްވުމުގެ ތައްޔާރީތައް ވަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: