ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ މޭޔަރ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

މާލެ ސިޓީގެ މޭޔަރކަމަށް ވާދަކުރުމަށް، އެމްޑީޕީގެ ޓިކެޓު އާޒިމްއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ މޭޔަރ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފިއެވެ.

މި އިންތިހާބުގައި ޖުމްލަ 3 ސިޔާސީ ޕާޓީއަކުން ވާދަކުރިއިރު، އަމިއްލަ ގޮތުން 2 ކެންޑިޑޭޓަކު ވާދަކުރިއެެވެ.

އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމްއެވެ.

ރަސްމީ ނަތީޖާ:

އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު، ޝުއައިބު އަލީ: 125 ވޯޓު

އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު، ހުސައިން ވަހީދު: 1،888 ވޯޓު

ޕީއެންސީގެ ކެންޑިޑޭޓު، އާޒިމާ ޝަކޫރު: 5،031 ވޯޓު

އެމްޑީޕީގެ ކެންޑިޑޭޓ،ު އާދަމް އާޒިމް: 7،621 ވޯޓު

ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު، ސައިފް ފާތިހު: 2،343 ވޯޓު

މާލެ މޭޔަރ އިންތިހާބުގެ ބައި އިލެކްޝަން އޮތް ދުވަހު، މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާއަކަށްވެސް މެންބަރުން އިންތިހާބު ކުރިއެވެ. މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކޮށްފައިވެއެވެ.

މި ގޮނޑިތައް ހުސްވީ، މަގާމުތަކުގައި ތިއްބެވި ބޭފުޅުން އައު ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: