ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހުރި ހަމަ އަގު ނުލިބޭ ކޮށިތައް ނަގާ، ބޯހިޔާވަހިކަމަށް ބޭނުން ކުރެވެން ޖެހޭ – ސައިފް

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ބޭނުން ނުކުރެވޭ އަދި ހަމައަގު ވަަރަށް ގިނަ ކޮށިތަކެއް ހުރިއިރު، އެތަންތަން ބޯހިޔާވަހިކަމަށް ބޭނުން ކުރެވެން ޖެހޭ ކަމަށާއި، އެ ހައްލުތައް މާލޭގެ ބިމުން ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮތީ އަންނަ މަހުގެ 13 ވަނަ ދުވަހެވެ.

އެ އިންތިހާބާއި ގުޅިގެން ސަންގު ޓީވީގެ ބަހުސްގައި މާލޭގެ ބޯހިޔާވެހިކަމާއި ގުޅޭ މައުޟޫގައި މާލޭގައި ހައުސިންގ ކަންކަން ހައްލު ކުރެވޭ ވަރަށް ބިން އެބަހުރިތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައިފް ވިދާޅުވީ، އަމީނީ މަގަށް ބަލައިލުމުން ފެންނާނީ ނުއަގުގައި ރަމްޒީ ކުއްޔެއްގައި ނަގާފައި ހުރި މަންޒަރު ކަމަށެވެ.

“މާލޭގައި އެންމެ ރަނގަޅަށް ހުރި ރިއަލިސްޓޭޓް ބިންތައް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، އެސްއޯއީތަކަށް، ލޭބަރ ކުއާޓާސް އަޅަން ނޫނީ އެހެންވެސް ބޭނުމެއްގައި ރަމްޒީ ކުއްޔެއްގައި ނަންގަވާފައި ހުރި ތަން.”.

އޭނާ ވިދާޅުވީ، އޭނާގެ މޭޔަރު ކަމުގެ ދަށުގައި އެކަންކަން ހައްލު ކުރާނެ ކަމަށެވެ. އަދި މާލޭގެ ބިމުން، މާލޭގެ ރައްޔިތުންނަށް ހައުސިންގއަށް އެ ބިންތައް އެކަށަ އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“މި ދެންނެވި ގޮތަށް ރީވޭމްޕިންގ ޕްރޮގްރާމަކަށް ގޮސްފިނަމަ، މި ދެންނެވި ގޮތަށް މާލޭގެ ބޭނުން ނުކުރެވޭ ގޮތަށް ނަގާފައި ހުރި ހަމަ އަގު ނުލިބޭ ގޮތަށް ނަގާފައި ހުރި ކޮށިކޮށި ނަގާ، އެތަންތަން އަޅުގަނޑުމެންނަށް ކޮންޑަމީނިއަމް ސްޓައިލަށް ތަރައްގީ ކުރެވިއްޖެނަމަ، މާލޭގެ އެންމެ ތޮއްޖެހިފައި ހުރި ކޮށިތަކުން މީހުން އެތަންތަނަށް ބަދަލު ކުރެވޭނެ،”. އޭނާ ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 150،000 އަށްވުރެ ގިނަ މީހުންނަކީ ދިވެހިން ކަަމަށް ވާއިރު، ބާކީތިބީ ބިދޭސީންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މަލޭގައި ދިރިއުޅޭ އެންމެންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދަން ވާހަކަދައްކަން ޖެހޭ ކަމަށެވެ.

އަދި އެ ބިދޭސީންނަށްވެސް ދިރިއުޅެވޭނެ ގޮތްތަކެއް ހުންނަން ޖެހޭ ކަމަށާއި، އެ މީހުން ގެންގުޅޭ ތަންތަނުގައި ދިރިއުޅެން ޝަރުތުތަަކާއި ފެންވަރުތަކެއް ހުންނަން ޖެހޭ ކަމަށް ސައިފް ފާހަގަކުރައްވައެވެ. އެކަންކަން ނުބެލޭނަމަ މާލޭގެ ބޯހިޔާވެހިކަމަށް ޖުމްލަ ހައްލެއް ލިބިގެންދާނެ އޭނާ އަށް ގަބޫލު ނުކުރެވޭ ކަމަށް ސައިފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: