ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު ތަންފީޒު ނުވުމަކީ، މޭޔަރުކަމުގެ މައްސޫލިއްޔަތު އަދާ ނުކުރުން: ޝުއައިބު

މާލޭގެ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓު ޝުއައިބު އަލީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު ތަންފީޒު ނުކުރުމަކީ މާލޭގެ މޭޔަރުކަން ކުރައްވާ މީހުން އެމީހެއްގެ މަގާމުގެ މައްސޫލިއްޔަތު އަދާ ނުކުރުން ކަމަށް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޝުއައިބު އަލީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ސަންގު ބަހުސްގައި ޝުއައިބު ވިދާޅުވީ ކަންކަން މަތީގައި މިއަދު 90 އިންސައްތަ ބިދޭސީން ޕާސްޕޯސްޓް އެއްލާލައިފައި ވިޔަފާރި ކުރަން ތިބި ކަމަށެވެ. ޓެކްސީ ތަކުގައި ޕިކަޕު ތަކުގައި ވެސް އެތައް ބިދޭސީންނެއް މަސައްކަތް ކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ޝުއައިބު ވިދާޅުވިއެވެ.

މިމައްސަލަ ހައްލު ކުރެވޭނީ ގާނޫނީ ގޮތުން ފުންނާބު އުސް އަދި ސަރުކާރު ނުވަތަ ކުންފުންޏެއް ހިންގި މީހަކަށް ނޫން ކަމަށް އޭނާވިދާޅުވިއެވެ. އަދި ޝުއައިބު ވިދާޅުވީ އުޅުއްވަނީ ސަރުކާރެއް ނުވަތަ ކުންފުންޏެއް ހިންގަން ނޫން ކަމަށެވެ.

“މިއުޅެނީ ބަންޑާރަނައިބު އޮފީހާއި ގާނޫނީ ވާހަކަ ދައްކާކައް ނޫން” ޝުއައިބު ވިދާޅުވިއެވެ.

ޝުއައިބު ވިދާޅުވީ ގާނޫނު އޮތީ ލިޔެ ބަޔާންކޮށްފައި ކަމަށާއި އަދި މިހާރު ދިމާވެފައިވާ މައްސަލަ އަކީ ގާނޫނު ތަންފީޒު ނުކުރެވުން ކަމަށެވެ. އަދި ގާނޫނު ތަންފީޒު ނުކުރެވި އޮތީ އިހުލާސްތެރިކަމެއް ނެތީމަ ކަމަށްވެސް ޝުއައިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ކޮރަޕްޝަންގެ ހާއްޔަކަށް ވެފައިވާ ކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ޝުއައިބު ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވީ އެ ހުރިހާ މަންޒަރެއް ފެނި މާލެ ޗިޓީ ކައުންސިލް ސިޔާސީ ޖަގަހައަކަށް ހަދާފައި ވަނިކޮށްކަމަށެވެ. އަދި އޭނާގެ މޭޔަރު ކަމެއްގައި ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކުރުމަށް ޖާގަ ނުދޭނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: