ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓްރީޓް ޕާކިން އުވާލައި ޕާކުކުރެވޭނެ އިތުރުގޮތްތައް ހޯދައިދޭނަން: ސައިފް

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޓާ ޕާކިން ހުށައެޅުމަށް ނިންމާފައިވާ ކަމަށާއި އަދި އިތުރު ޕާކިން ޖާގަ ފަހިކުރުމަށްޓަކައި ސްޓްރީޓް ޕާކީން އުވާލައި ޕާކު ކުރެވޭނެ އިތުރު ގޮތްތަކެއް ހޯދަވާދެއްވާނެ ކަމަށް މާލޭގެ މޭޔަރުކަމަަށް މާދަކުރައްވާ ދަ ޑިމޮކްރެޓްސް ކެންޑިޑޭޓް އަދި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ގެނެސްދޭ “ސަންގު ބަހުސް” ގައި ސައިފް ވިދާޅުވީ ގާނޫނުގައި ބަޔާންކުރާ ގޮތަށް މާލޭގެ ވެހިކަލް ކެރީއިން ކެޕޭސީޓީ ކަނޑައެޅިފައިނުވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ފެނިވަޑައިގަތީ ވިޔަފާރިވެރި މަސްލަހަތުތަށް އިސް ވެގެން ދިއުމާއި އަދި ސިޔާސީ ކޯޅުން ކަމަށް ސައިފް ވިދާޅުވިއެވެ. ސައިފް ވިދާޅުވީ މާލެއަށް ގެންނަ ވެހިކަލްތަކުގެ އަދަދަށް ކޮންޓްރޯލެއް ގެންނަން ޖެހެވަޑައިގަންނަވާ ކަމަށެވެ.

ސައިފް ވިދާޅުވީ އޭނާގެ މޭޔަރުކަމެއްގައި މައި މަގުތަކާއި، ސުކޫލުތަށް ކައިރިޔާއި ހޮސްޕިޓަލްތަކާއި، ކްލިނިކް ތަކާއި އަދި ސަރުކާރުގެ އޮފީސްތަކާއި، ދަތިދޭތެރެ ތަކުން ދޫކޮށްފައިވާ ޕާާކިން ސްލޮޓްތަށް ނަގާނެކަމަށެވެ. ޕްރައިވެޓް ޕާކިންއަށް މަގުމަތިން ދޫކޮށްފައިވާ ސްކީމް ރިވިއުކުރާނެ ކަމަށް ސައިފް ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް ޕާކިން ސްލޮޓް ލިބިފައިވާ މީހުންނާއި، ޕާކިންއަށް އެދިފައިވާ މީހުން ޕާކިން ސޮލޮޓްތަށް ދޫކޮށްފައިވާ މުއްދަތު އެނގޭނެ ގޮތަށް އެކަން އާންމު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިކަމާއިގުޅިގެން މިހާރުވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރަނީ އެކަން ސިއްރު ކުރެވިފައިވާތީ ކަމަށްވެސް ސައިފް ވިދާޅުވިއެވެ.

ޓެކްސީ އާއި ބޮޑެތި ހެވީ ވެހިކަލްތައް މާލޭގައި ޕާކު ކުރުން ހުއްޓާލަން ޖެހޭ ކަމަށް ސައިފް ވިދާޅުވިއެވެ. ހުޅުމާލެއާއި މާލެ ބްރިޖަކުން ގުޅާލާފައިވާއިރު، ހުޅުމާލޭގެ ހުސް ސްލޮޓްތަކުގައި ޕާކު ކުރެވޭނެ ކަމަށެވެ. އަދި އެތަށް ޓަނެއްގެ ޓެކްސީތަކާއި ހެވީ ވެހިކަލްތށް މާލޭގައި ޕާކު ކުރަންޖެހޭ އެއްވެސް ސަބަބެއް އެނގިނުލައްވާ ކަމަށް ސައިފް ވިދާޅުވިއެވެ.

މާލޭގެ ލޭންޑްޔޫސް ޕްލޭންގައި ހަމައެކަނިހުރީ އެންމެ ހަތަރުތަނުގައި ޕާކިންގެ އިމާރާތްތައް ގާއިމްކުރަން ނޫންކަމަށާއި އެހެންކަމުން ލޭންޑްޔޫސްޕްލޭންގައި އޮތީ ދިހަ ސަރަހައްދެއްގައި މަލްޓި ޕާޕަސް ޕާކިން އިމާރާތްތައް ގާއިމުކުރުމަށް ކަމަށް ސައިފް ވިދާޅުވިއެވެ. ޓޯ ކުރުމުގެ ވާހަކަ އެންމެންވެސް ދައްކާކަމަށާއި އަދި ސައިފް ވިދާޅުވީ ފުލުހުންނަށް އެކަން ނުވާނެކަމަށެވެ.

ސައިފް ވިދާޅުވީ ވެހިކަލް ޓޯ ކުރުމުގެ ހިދުމަތް މާލެ ސިޓީއަށް ނަގަންޖެހޭ ކަމަށެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކުގައިވެސް ޓޯ ކުރުމުގެ ކަންކަމަކީ ސިޓީ ކައުންސިލުން ދޭ ހިދުމަތެއް ކަމަށާއި އެކަން އެމަގުން ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: