ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމާރާތުގެ ރައްކާތެރިކަމާއި އަލިފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އުސޫލުތަކެއް ގާއިމް ކުރާނަން: އާޒިމާ

މާލޭގެ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓު އައިޝަތު އާޒިމާ - ޝަކޫރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް އިމާރާތުގެ ރައްކާތެރިކަމާއި އަލިފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އުސޫލުތަކާއި ގަވާއިދު ތަކެއް ގާއިމު ކުރާނެ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ގެނެސްދޭ ސަންގު ބަހުސްގައި އާޒިމާ ވަނީ މާލޭގެ ބިލްޑިންގ ކޯޑާއި ފަޔާ ކޯޑުގެ ގަނޫނުތައް ތަންފީޒު ނުކުރެވެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި ސިވިލް ޑިފެންސަކީ ރާއްޖޭގައި އޮންނަން ޖެހޭ އެއްޗެއް ކަމަށް އާޒިމާ ވިދާޅުވިއެވެ. ރާއްޖޭގައި ހާދިސާއެއް ހިނގުމުން ވަކި ނަންބަރަކަށް ގުޅަން އޮންނަ އުސޫލަށް ވުރެ ތަހުޒީބު ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ދައުލަތުގެ ސިވިލް ޑިފެންސް މުވައްސަސާއެއް ގާއިމު ކުރުމަކީ އާޒިމާގެ ހުށައެޅުއްވުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 911 އަކީ ހުރިހާ ހާލަތެއްގައިވެސް ބޭނުން ކުރެވޭނެ ނަންބަރަކަށް ހެދުމަކީ އާޒިމާގެ މެނިފެސްޓޯގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރާއި އެކުގައި، ސަރުކާރުގ މުވައްސަސާއެއް ގޮތުގައި ސިވިލް ޑިފެންސް ގާއިމު ކޮށް އެމްބިއުލާންސް އާއި އަލިފާން ނިއްވުމުގެ ހިދުމަތާއި އަދި އެނޫންވެސް ކަންކަން އޭގެ ދަށަށް ބަދަލު ކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ތަހުޒީބު މުޖުތަމައު ތަކުގައި މީހުން ދިރިއުޅޭ ގޮތުގެ އާދަ ކާދަތައް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސް ދެއްވާނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މާލޭގެ ރައްޔިތުންގެ ރައްކާތެރިކަން ބަލަހައްޓާނެ އިންސްޕެކްޓްރޭޓަކީ އާޒިމާގެ ވައުދެއް ކަމަށްވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: