ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރާ މަސައްކަތަކީ ރައީސްގެ މާލޭއާއި މެދު އޮތް ތަސައްވަރު ފުރިހަމަކުރުން: އާޒިމާ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް ޕީއެންސީގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލެއާއި މެދު އޮތް ތަސައްވަރު ފުރިހަމަ ކުރުމަށްޓަކައި ކުރައްވަމުން އަންނަ މަސައްކަތެއްކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާގެ ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ އަޒުމް ވަރުގަދަ ވާނެ ކަމަށާއި އަދި އަޒުމް ގުޑުވާލުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަމަށެވެ. މާލެ ސިޓީއަށް މި ވިޝަން ތަންފީޒު ކުރުމުގައި ނުވަތަ މާލޭއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަށް ހައްލުނުކޮށް ރާއްޖޭގެ ބޮޑެތި މައްސަލަތަށް ހައްލުކުރުމަކީ ނާދިރު ކަމަކަށް ވާނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މައްސަލަތަށް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރައްވާ މަސައްކަތްތައް ފެށޭނީވެސް އަދި ނިމޭނީވެސް މާލޭގެ ތެރެއިން ކަމަށް އާޒިމާ ވިދާޅުވިއެވެ. ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ރާއްޖޭގެ ކައުންސިލްތައް އަލުން އިންތިހާބު ކުރެވޭ ތަންތަނަށްވީ ފަހުން، ހާއްސަކޮށް މާލެ ސިޓީ ވެފައިވަނީ ސަރުކާރާއި އިދިކޮޅާއި ދޭތެރޭގައި ފިއްތާލެވިފައިވާ ދޮރުގެ ބަރަކަށް ކަމަށް އާޒިމާ ވިދާޅުވިއެވެ. ނަތީޖާއަކަށް ވެފައިވަނީ މާލެ ސިޓީ އަކީ މީހުން ދިރިއުޅެވޭ ވަރުގެ ތަނަކަަށް ނުވުންކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މިއަދު މާލޭގެ ރައްޔިތުންނަށް އޮތް ގޮތަކީ ނުވަތަ 13 ވަނަ ދުވަހު ނިންމަވާ ނިންމެވުމަކީ ސަރުކާރުން ކުރައްވާ މަސައްކަތް ކާމިޔާބު ކުރުމަށް އެހީތެރިވެވޭނެ މީހަކު އިންތިހާބު ކުރުން ނުވަތަ ސަރުކާރުން ކުރައްވާ މަސައްކަތް 2028 ވަނަ އަހަރާއި ހަމައަށް ވައްޓާލުމަށް މަސައްކަތް ކުރާ މީހަކު އިންތިހާބު ކުރުން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ކުރިމަތީގައި އޮތް ވަރަށް ސާފު ނިންމުމެއް ކަމަށެވެ.

މީގެއުތުރުން އާޒިމާ ވިދާޅުވީ އެބޭފުޅާއަކީ ތިން ސަރުކާރުގެ ވަޒީރުކަން ކުރައްވާ އަދި ހަތަރު ވަނަ ސަރުކާރާއި އެކު މަަސައްކަތް ކުރައްވަން މިހާރު ފައްޓަވާފައިވާ ކަމަށެވެ. އެހެންކަމުން އާޒިމާގެ އިހްލާސްތެރިކަމާއި ގާބިލް ކަމަކަށް ސުވާލު ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ސުވާލު ކުރެވޭނެ ޖާގައެއް ދީފައިވެސް ނޯންނާނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެއްމެފުރަތަމަ ދަރަނިއަދާކޮއްފައި ދެންއެހެންކަމަކާއިއުޅެންވީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: