ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލާއި އަދި ސަރުކާރާއި އޮންނަ ކޯޅުން ނިމުމަކަށް ގެންނަން ޖެހޭ: އާޒިމާ

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު "ސަންގު ބަހުސް" ގައި. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ބޭނުންވާނަމަ މާލެ ސިޓީ ކައުންސިލާއި އަދި ސަރުކާރާއި ދެމެދުއޮންނަ ކޯޅުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް މާޅޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތި އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ސަންގު ޓިވީގެ ” ސަންގު ބަހުސް” ގައި އާޒިމާ ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިންގ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ވެހިކަލް ކެޕެއް ގަންނަން ޖެހޭ ކަމަށާއި އަދި އެއީ ގާނޫނުގައިވެސް ކަނޑައެޅިފައިވާ ކަމެއް ކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ ދުއްވާ އެއްޗެއްސަކީ ވަކި އުމުރުފުރައެއް އެކަމުގައި ކަނޑައަޅައިފައި އޮންނަން ޖެހޭ ކަމެއް ކަމުގައި އާޒިމާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް ވަކި ހާއްސަ އުމުރެއް ކަނޑައެޅިފައިވާއިރު ޓަރާންސްޕޯޓު މިނިސްޓްރީގެ ދަށުން ރާއްޖެއަށް ގަވައިދާ ހިލާފަށް އެއްޗިސް އެތެރެކޮށްފައިވާ ކަމަށާއި އަދި އެކަމަށް އެޅޭނެ ފިޔަވަޅެއްވެސް ނެތްކަމަށް އާޒިމާ ވިދާޅުވިއެވެ.

ރާއްޖޭގައިވެސް އަދި ކޮންމެ ތަނެއްގައިވެސް ގާނޫނެއް ހަދާފައިވާނަމަ އެ ގާނޫނެއް ތަންފީޒުކުރަން ޖެހޭ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ގާނޫނާއި ގަވައިދުތައް ހަދާފައި އެބަހުރި ކަމަށާއި އެހެންނަމަވެސް ދިމާވާ މައްސަލައަކީ ފުލުހުންނަށް ބާރުވެރިނުކުރެވުން ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ފުލުހުން ބަލަނީ އެއްގަމު އުޅަނދެއް ޓޯ ނުކޮށް ވާނެގޮތެއްކަމަށެވެ. މާލޭގެ މަގުތަކަކީ އުކާލަން ބޭނުންވާ ހުރިހާ އެއްގަމު އުޅަނދެއް ބާއްވާ ތަން ކަމަށާއި އަދި ޓޯ ޔާޑަކީ ހުރިހާ އުޅަނދެއް ރެޖިސްޓްރީ ވަންދެން ހިލޭ ބާއްވާތަން ކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ މައްސަލަ ހައްލު ކުރާނަމަ އެކަން ކުރެވޭނީ ވަރަށް ކެރިގެން ކަމަށާއި އަދި ފުލުހުން ބާރުވެރި ކުރުވަން ބޭނުންނަމަ ފުލުހުންގެ ޓަރެފިކް ވާޑަންއަކަށް ކޮންމެ މީހަކު ހުރި ކަމުގައިވިއަސް ގާނޫނާއު ގަވައިދު ތަންފީޒު ކުރެވެން ޖެހޭކަމަށެވެ.

މީގެއިތުރުން އާޒިމާ ވިދާޅުވީ ޕާކުކުރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މި ސަރުކާރުގެ ސިޔާސަތަކީ ޕާކިން ބިލްޑިންގ ކަމަށާއި އަދި އެމަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: