ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުވާ ކައުންސިލް ތަރައްގީ ކުރުމަށް އޯއައިސީން އެހީތެރިވަނީ!

ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީ ކުރުމަށް އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީއާއި އެކު އިސްލާމިކް މިނިސްޓްރީން އެއްބަސްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީ ކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީއާއި އެކު ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.

މީޑިއާތަކަށް ދިން މައުލޫމާތުތަކުގައި އެ މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ މަގްސަދަކީ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކޮށް ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީކޮށް ޒަމާނީ ފިގުހީ މައްސަލަތަކަށް އިލްމީ ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއި ދެމެދު އައިއޯސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ ފަރާތުން ސޮއި ކުރައްވީ އެކަޑެމީގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސާރ ޑރ. ގުތުބު މުސްތަފާ ސާނޫ އެވެ.

އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމީ ފިގުހު އެކަޑެމީ އެއީ އިސްލާމީ ދުނިޔޭގައި އޮންނަ އިސްލާމީ އެންމެ މަތީ ކައުންސިލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: