ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމެރީއަކާއި ނުލައި އަނެއްކާވެސް އިތުރު 10 ބޭފުޅަކަށް އެމްޑީޕީގެ މަޖިލިސް ޓިކެޓު

ޕްރައިމެރީއަކާއި ނުލައި އަނެއްކާވެސް ބައެއް ފަރާތްތަަކަށް އެމްޑީޕީގެ ޓިކެޓު ދިނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް، އެމްޑީޕީގެ އެތެރޭގެ ޕްރައިމެރީއަކާއި ނުލައި އަނެއްކާވެސް އިތުރު 10 ދާއިރާއެއްގެ ޓިކެޓު ކެންޑިޑޭޓުންނަށް ކަށަވަރުވެއްޖެ އެވެ.

އެމްޑީޕީން މީޑިއާތަކާއި ހިއްސާ ކުރި މައުލޫމާތުތަކުގައިވާ ގޮތުން، އަލަށް ޓިކެޓު ކަށަވަރުވި މެމްބަރުންގެ ތެރޭގައި މިހާރުވެސް މަޖިލީހުގައި ތިއްބެވި ތިން ބޭފުޅުން ހިމެނެ އެވެ.

މީގެ ކުރިން ވެސް ޕްރައިމެރީއަކާއި ނުލައި، 35 ދާއިރާއެއްގެ ޓިކެޓު މެމްބަރުންނަށްދީފައިވާއިރު މިއަދު އާންމު ކުރި ލިސްޓާއި އެކު ޖުމްލަ 45 ކެންޑިޑޭޓުން ވަނީ ކަށަވަރުކުރެވުފަ އެވެ.

އެމްޑީޕީން އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުގައި، އަލަށް ޓިކެޓު ލިބިވަޑައިގެންނެވި މަޖިލިސް މެމްބަރުންނަކީ ގެމަނަފުށި ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު އަދި މިހާރު ހުޅުމާލެ ދާއިރާގެ މެމްބަރަކަށް ހުންނެވި އަލީ ނިޔާޒަށް ކުރެންދޫ ދާއިރާގެ ޓިކެޓެވެ.

ޓިކެޓު ކަށަވަރު ކުރެއްވި އެހެން ކެންޑިޑޭޓުންނަކީ ކަނޑިތީމު ދާއިރާއަށް އަމީން ފައިސަލް، އިނގުރައިދޫ ދާއިރާއަށް ސަލީމް ހުސައިން އަދި ހުރާ ދާއިރާއަށް ޝާތިރު އަބްދުއްރަހްމާންގެ އިތުރުން ދަނގެތި ދާއިރާއަށް ރުގިއްޔާ މުހައްމަދު އަދި މުލަކު ދާއިރާއަށް މޫސާ ޝީޔާމް އަބްދުއްރަހްމާނާއި ގަމު ދާއިރާއަށް އަބްދުﷲ ޝަރީފެވެ.

ޕްރައިމަރީއަކާނުލައި ހޮވުނު މެމްބަރުންނަކީ:
ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
އިހަވަންދޫ ދާއިރާ އަށް މުހައްމަދު އާރިފް
ވައިކަރަދޫ ދާއިރާއަށް ހުސައިން ޒިޔާދު
މަކުނުދޫ ދާއިރާއަށް މުހައްމަދު ރާއީ
މިލަންދޫ ދާއިރާއަށް އަލީ ރިޒާ
ފުނަދޫ ދާއިރާއަށް މުހައްމަދު ޝާހިދު
ހޮޅުދޫ ދާއިރާ އަށް އަހުމަދު ފާތިހް
ދުވާފަރު ދާއިރާއަށް އިސްމާއިލް އަހުމަދު
ތުޅާދޫ ދާއިރާއަށް މުހައްމަދު ޝަފީގު
ހިންނަވަރު ދާއިރާއަށް ޖީހާން މަހްމޫދު
މާފުށި ދާއިރާއަށް މުހައްމަދު ލުތުފީ
ތުލުސްދޫ ދާއިރާއަށް އިބްރާހިމް އަމީރު
މާމިގިލި ދާއިރާ އަށް އަލީ އަމީޒް
ދިއްގަރު ދާއިރާއަށް އިކްރާމް ހަސަން
މީދޫ ދާއިރާ އަށް އިޔާސް އިސްމާއިލް ލަތީފް
ގުރައިދޫ ދާއިރާއަށް ހަސަން ޝިނާން
ފޮނަދޫ ދާއިރާއަށް ހުސައިން އަބޫބަކުރު
ދާންދޫ ދާއިރާއަށް ޔައުގޫބު އަބްދުﷲ
ގެމަނަފުށި ދާއިރާ އަށް އަހުމަދު ސައިދު
ކޮލަމާފުށި ދާއިރާއަށް ސައްޔާހް ހަލީލް
ތިނަދޫ އުތުރު ދާއިރާއަށް އަހުމަދު ގައިސް
ފަރެސްމާތޮޑާ ދާއިރާ އަށް އަހުމަދު ޒައީމް
ގައްދޫ ދާއިރާއަށް އަހުމަދު ސައީދު މުހައްމަދު
ފުވައްމުލަކު މެދު ދާއިރާއަށް ހުސައިން މުހައްމަދު ދީދީ
ހިތަދޫ އުތުރު ދާއިރާއަށް މުހައްމަދު އަަސްލަމް
ހިތަދޫ ދެކުނު ދާއިރާއަށް އިބްރާހިމް ނާޒިލް
މެދު ހެންވޭރު ދާއިރާއަށް އިބްރާހިމް އަލީ ޖަލީލް
ހެންވޭރު ދެކުނު ދާއިރާއަށް ހުސައިން ޝަމީމް
ގަލޮޅު އުތުރު ދާއިރާއަށް މުހައްމަދު އިބްރާހިމް
ގަލޮޅު ދެކުނު ދާއިރާއަށް މީކާއިލް އަހުމަދު ނަސީމް
މައްޗަންގޯޅި އުތުރު ދާއިރާއަށް ޟިރުޣާމް ވަހީދު
މައްޗަންގޯޅި ދެކުނު ދާއިރާ އަށް އަބްދުﷲ ސިނާން
މާފަންނު ހުޅަނގު ދާއިރާ އަށް މުހައްމަދު ފަލާހް
މާފަންނު މެދު ދާއިރާ އަށް އަހުމަދު އާމިރު
މާފަންނު ދެކުނު ދާއިރާއަށް ހަސަން އިއާދު ސަލީމް
މައްޗަންގޯޅި މެދު ދާއިރާއަށް އަކްރަމް ކަމާލުއްދީން

މިއާއި އެކު 43 ދާއިރާއެއްގެ ޕްރައިމެރީ ބާއްވާނެ ތާރީހެއްކަމަށް އެމްޑީޕީން އުއުލާނުކޮށްފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވެހެވެ.

ދާއިރާތަކުގެ ލިސްޓު އާންމު ކުރި ގޮތުން، އަދި ކެންޑިޑޭޓުން ކަށަވަރު ނުވާ ފަސް ދާއިރާއެއް އެބަހުއްޓެވެ. އެހެންކަމުން އެއީ ވެސް ޕްރައިމެރީއަކާއި ނުލައި ޓިކެޓުދޭ ދާއިރާތަކަށްވުން އެކަށީގެންވެ އެވެ. އެ ދާއިރާތަކަކީ އޭދަފުށި ދާއިރާއާއި، ނިލަންދޫ ދާއިރާ އަދި ފެލިދޫ ދާއިރާގެ އިތުތުން ފުވައްމުލަކު އުތުރު ދާއިރާ އަދި ތމަރަފުށި ދާއިރާ އެވެ.

މި ދައިރާތަކަށް ކެންޑިޑޭޓުން ނެރޭނެކަމާއި މެދު އަދި މިހާތަނަށް އެމްޑީޕީން އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: