ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ހިދުމަތް ކުރުމުގެ ދޮރު އެންމެންނަށް ހުޅުވާލަދިނުމަކީ ސަރުކާރުގެ އަމާޒު: ޑރ ހަލީލް

ހިދުމަތުން ވަކިވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމުގެ އުސޫލު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަލީލް މިއަދު ވާހަކަ ދައްކަވަނީ. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމަށް ހިދުމަތް ކުރުމުގެ ދޮރު މި ސަރުކާރުން ކޮންމެ މީހަކަށްވެސް ހުޅުވާލަދޭނެކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުމަތުން ވަކިވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމުގެ އުސޫލު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައިއެވެ.

މިއީ ރައިސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިކަމަށް ހާއްސަ ކުރެވިފައިވާ އެޖެންޑާގެ ފެށުންކަމަށް ފާހަގަކޮށް މިނިސްޓަ ވިދާޅުވީ، މިއީ ހިދުމަތުން ދުރުވެފައިވާ ފަރާތްތަކަށް މިއީ ލިބޭ ހިތްހަމަޖެހުމަކާއި އުފަލެއް ކަމަށެވެ. މިފަދައިން ހިދުމަތަށް އެނބުރި ނިކުންނަން ބޭނުންވާ މީހުން ދެނެގަނެވިފައިވާކަމަށާއި، އެފަދަ މީހުންނާއި މުއާމަލާތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމުގެ އަމާޒަކީ އެ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދީ، ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުންކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށްވެސް މިއީ މުހިންމު އެޖެންޑާއެއްކަމަށެވެ.

ރައީސް އަބަދުވެސް ބޭނުންފުޅުވަނީ މިކަހަލަ ކަމެއްގެ ތެރެއިން އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުން، ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން، މި ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުން. އަޅުގަނޑުމެންނަށް އެނގޭ ވަގުތު ގިނަވުމުން މުޖުތަމައުގައި ދިމާވާ މައްސަލަތައް ގިނަކަން، މި އެޖެންޑާއަކީ ވަރަށް މުހިންމު އެޖެންޑާއެއް.

ހަލީލު ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ޖުމްލަ 39 މީހުން އެކި މަޤާމުތަކަށް ނެގުމަށް ހަމަޖެހިފައިވާއިރު، މިއީ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިޓަޔާކޮށްފައިވާ ހިދުމަތްތެރިންނަށް ހާއްސަކޮށްފައިވާ ޕްރިގްރާމެކެވެ. އެގޮތުން ޖުމްލަ 20 މެޑިކަލް އޮފިސަރުންނާއި 17 ނަރުހުންނާއި އެއް ކޮމިއުނިޓީ ހެލްތް އޮފިސަރާއި އެއް މެޑިކަލް ލެބޯޓްރީ ޓެކްނީޝަނެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ސިއްހީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކަށް ހާއްސަކޮށްގެން މި ޕްރޮގްރާމް ހިންގާ ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން މިގޮތަށް ތަންފީޒު ކުރެވިދާނެކަމަށް ފެންނާތީ އެ މަސައްކަތް ކުރަން މަޝްވަރާ ކުރަމުންދާކަން ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: