ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމެއް ތަރައްގީ ކުރުމުގައި ބަލަންޖެހޭނީ އޭގެއިން ކުރާނެ ނަފާއާއި ފައިދާތަކަށް: ޑރ. ހަލީލް

ފޮޓޯ: ސިވިލް ސާވިސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޒާމެއް ތަރައްގީ ކުރަމުންދާއިރު  އެންމެ ބޮޑަށް ބަލަންޖެހެނީ އެކަމުގެތެރެއަށް އެފިޝިއެންސީ ގެންނާނެ ގޮތަކާއި އިފެކްޓިވްނެސް ގެންނާނެ ގޮތެއްކަމަށް މިނިސްޓްރީ އޮފް ހެލްތު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިކަހަލަ މޮޑިއުލައެއް ތައާރަފް ވެެގެންދާއިރު ގެނެވެނީ ހަމައެކަނި ޓްރާންސްފޮމޭޓިން ބަދަލު ތަކެއްނޫން ކަމަށާއި އަދި މީގެ ސަބަބުން އެތައް ބަދަލުތަކެއް އަންނަ ކަމަށް ހަލީލް ވިދާޅުވިއެވެ. އަންނަ ބަދަލުތަކުގެ ތެރޭގައި މަސައްކަތަކަށް އަންނަ ހަލުވިކަމުގެ ސަބަބުން މުޖުތަމައުއަށް އަންނަ ބަދަލުތަކާއި މުޖުތަމައުގެ ތަރައްގީއަށް އަންނަ ބަދަލުތަކާއި އަދި ގައުމުގެ އިގްތިސާދަށް އަންނަ ބަދަލުތައް ހިމެނެއެވެ.

ހަލީލް ވިދާޅުވީ ތަނެއްގެ މަސައްކަތް އަވަސްވާ ވަރަކަށް ހަރަދުތަށް ކުޑަވެގެން ދާކަމަށެވެ. ނުވަތަ އެހެން ކަންކަމަށް މުވައްޒަފުން ފޯކަސް ކުރަންޖެހޭ ވަގުތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެފިޝިއެންސީ ގެންނާނެ ގޮތަކާއި އިފެކްޓިވްނެސްއަށް ބޮޑަށް ފޯކަސް ކޮށްފިނަމަ ސިވިލް ސާވިސް އަކީ މިހާރަށްވުރެ ބޮޑަށް ކާމިޔާބު ވާނެ ތަނެއްކަމަށާއި އަދި ބޭނުންވާ ހިސާބަށް ވާސިލްވެވޭނެ ނިޒާމަކަށް ވެގެންދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

އީ-ފާހަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެތަށް ހިދުމަތްތްތަކެއް ހޯދުމަށް ބޭނުން ކުރާ ނިޒާމެއްކަމަށާއި އަދި މިނިޒާމުގެ ތެރެއަށް ސިވިލް ސާވިސްގެ ހިދުމަތްތައް އިންކޯޕަރޭޓް ވެގެންދާކަން ހަލީލް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެތައް ފައިދާތަކެއް ފޯމު ހުށަހަޅާ ފަރާތްތަކަށްވެސް ވެގެން ދާކަމަށާއި އަދި ހުށަހަޅާފައިވާ ފޯމުގެ އެންމެ ފަހުގެ މައުލޫމާތު ފަސޭހަކަމާއެކު ފެންނަން ހުންނާނެކަމަށް ވެސް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މިފަދަ އެތައް ނިޒާމެއް ގާއިމް ކުރެވިދާނެ ކަމަށާއ އެހެންނަމަވެސް މި ނިޒާމު ދެމިއޮންނާނީ ކުރާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް އައިސް ތިއްބަވާއިރ އެރައްޔިތުންނަށް ހިދުމަތްތައް ހުންނަންވާނީ ފެންނަ ހިސާބުގައި ފަސޭހަކަމާއެކު ލިބޭ ގޮތަށްކަމަށް ހަލީލް ވިދާޅުވިއެވެ. ހަލީލް ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރައިފައިވާ ޒަމާނެއްގައި ގިނަ ޝަކުވާތަށް އަންނާނެ ކަމަށާއި އަދި ގިނަ ވާހަކަތަކެއް ތިލަވާނެ ކަަމަށެވެ. އެހެންނަމަވެސް އެ ކޮންމެ ޝަކުވާއަކަށް ޖަވާބުދާރީ ނުވެވުނު ނަމަވެސް އެޝަކުވާތަކަށް ޖަވާބުދެވޭނެ ނިޒާމެއް ގާއިމު ކުރަން މަސައްކަތް ކުރައްވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ހަލީލް ވިދާޅުވީ ސިވިލްސާވިސްގައި މުވައްޒަފުންތަކެއް ތިބީ ރައްޔިތުންތަކެއް ތިބީމާ ކަމަށާއި އެހެންކަމުން އެ ރައްޔިތުނަށް ވާފާތެރި ވާންޖެހޭ ކަމަށާއި އަދި ދެފުފެންނަ ގޮތަށް ހިދުމަތް ފޯރު ކޮށްދޭން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: