ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. ފޮނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށަނީ!

ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޝައްމާން ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ފޮނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފެށުމަށް މޯލްޑިވްސް އިމިގްރޭޝަނުން ތައްޔާރީތައް ފަށައިފި އެވެ.

ޕާސްޕޯޓުގެ ހިދުމަތް ފެށުމުގެ ގޮތުން އިމިގްރޭޝަންގެ އިސްބޭފުޅުން މިއަދު ފޮނަދޫގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމާއި ބެހޭ މައުލޫމާތުތައް އާންމުކޮށް އިމިގްރޭޝަނުން ބުނީ، ލ. އަތޮޅުގައި ހިދުމަތް ގާއިމު ކުރުމަށް މަޝްވަރާ ކުރެވުނީ ފޮނަދޫ ކައުންސިލާ ކަމަށެވެ.

އިމިގްރޭޝަނުން ދަނީ އައްޑޫއާއި، ކުޅުދުއްފުށި، އަދި ފުވައްމުލައްގެ އިތުރުން ތިނަދޫގައި ޕާސްޕޯޓު އިޝޫ ކުރުމުގެ ހިދުމަތް އަވަސް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ދާދިފަހުން މިނިސްޓްރީ އޮފް ހޯމްލޭންޑުން ވަނީ އޮންލައިންކޮށް ނޫނަސް ޕާސްޕޯޓާއި އައިޑީކާޑަށް އެދި އަލުން ހުށަހެޅޭ ގޮތުގެ މަޝްވަރާތައް ފަށާފަ އެވެ. އޮންލައިންކޮށް ޕާސްޕޯޓާއި، އައިޑީކާޑު ހެދުން އަދި އެ ނޫން ވެސް ބައެއް ހިދުމަތްތައް ހޯދާގޮތަށް ބަދަލު ގެނައި ކޮވިޑުގެ ދުވަސްވަރުގެ ތެރޭގަ އެވެ. އޭގެ ސަބަބުން ފަސޭހަތަކެއް ވި ނަމަވެސް، ބައެއް ފަރާތްތަކަށް ހިދުމަތް ހޯދުމުގައި މިފަހުން ވެސް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

މިކަމަށް ހައްލު ގެނައުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ފާހަގަކުރައްވައި، ޝައްމާން ވިދާޅުވެފައި ވަނީ އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގެ ކުރިން ހުޅުވާލީ ކޮންމެ ތަނެއްގައި ހުރެގެން ވެސް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް ފުރުސަތު ދޭންނަމަވެސް އޮންލައިން ޕޯޓަލްތަކަށް އެހާ ފަރިތަ ނޫން މީހުންނަށް ދިމާވާ ދަތިތަކުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން ހައްލެއްގެ ގޮތުން އެއަށް ބަދަލު ގެނައުމަށް ނިންމީކަން އޭނާ ފާހަގަކުރި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: