ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޓީއެމް 2024 އަށް ޝައުގުވެރިކަން ފާޅުކުރުމަށް އެމްއެމްޕީއާރުސީން ހުޅުވާލައިފި

އޭޓީއެމް ފެއާ 2023ގައި ރާއްޖޭގެ ސްޓޭންޑު (ފޮޓޯ/އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މެދުއިރުމަތީގެ އިންބައުންޑް އަދި އައުޓްބައުންޑް ޓްރެވަލް އިންޑަސްޓްރީގެ ލީޑިން ގްލޯބަލް އިވެންޓް ކަމަށްވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓު ކުރާނެކަމަށް އިއުލާނުކޮށްފި އެވެ.

މި އިވެންޓު ކުރިޔަށް ދާނީ 2024 މެއި 06 އިން 09 އަށް ޔޫއޭއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގަ އެވެ.

އޭޓީއެމްއަށް ޝައުގުވެރިކަން ފާޅުކުރުމަށް ސާކިއުލާއެއް މިހާރު އިންޑަސްޓްރީގެ ޕާޓްނަރުންނަށް ފޮނުވާފައިވާކަން ހާމަކޮށް، އެ ކޯޕަރޭޝަނުން ބުނީ އެއީ ސްޓޭންޑް ޖާގަ ބުކް ކުރުމުގެ ކުރިން މި އިވެންޓުގައި ބައިވެރިވާން ޝައުގުވެރިވާ ކުންފުނިތަކުގެ ޖުމްލަ އަދަދު ލަފާކުރުމަށް ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި، ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ އޭޓީއެމް 2024 އަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނަށް އެ ފާރާތްތަކުގެ ވަކިވަކި އުފެއްދުންތަކާއި ތަޖުރިބާތައް ޕްރޮމޯޓު ކުރުމަށް ފްލެޓްފޯމެއް ފަހިކޮށްދިނުން ކަމަށެވެ.

މެދުއިރުމަތީގެ މާކެޓަކީ ތާރީހީ ގޮތުން ރާއްޖޭގެ މުހިންމު ސޯސް މާކެޓުކަމަށާއި، ގްލޯބަލް ޕެންޑެމިކް ދުވަސްވަރު ރާއްޖެއަކީ ބޯޑަރުތައް ހުޅުވާފައި ހުރި މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށްވާއިރު 2021 ގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެންމެ ގިނައީ މެދުއިރުމަތީގެ މާކެޓުންކަމަށް ރެކޯޑު ކުރެވިފައިވާކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އަދި ދުނިޔޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން މެދުއިރުމަތީގެ މާކެޓް އަދިވެސް އޮތީ ފޯކަސް ކުރެވޭ މުހިންމު މާކެޓެއްގެ ގޮތުގައިކަމަށާއި 2023 ވަނަ އަހަރު މެދުއިރުމަތީން ރާއްޖެއަށް 78،966 ފަތުރުވެރިން އައިސްފައިވާކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.

އެހެންކަމުން މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްވާ ކުންފުނިތަކުން 23 ޖެނުއަރީ، 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް ހާއްސަކުރެވިފައިވާ ފޯމު ހުށަހެޅުމަށް އެމްއެމްޕީއާރުސީން ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: