ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ޓާމިނަލްއާއިއެކު 1500 ވަރަކަށް މުއައްޒަފުން ބޭނުންވާނެ: އެމްއޭސީއެލްގެ އެމްޑީ

އެމްއޭސީއެލްގެ އެމްޑީ ޝަރީފް: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލްއަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 25 އާއި 30 އިންސައްތައާއި ދެމެދުގެ އަދަދަކަށް އިތުރަށް މުއައްޒަފުން ބޭނުންވާނެކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި އެމްއޭސީއެލްގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޝަރީފްވަނީ އައު ޓާމިނަލް ހުޅުވިގެންދިއުމާއިއެކު ގިނަ މަންފާތަކެއް ހާސިލުވެގެންދާނެކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، އައު ޓާމިނަލްއާއިއެކު މުއައްޒަފުންގެ އަދަދުތައް އިތުރުވެގެންދާނެކަމަށެވެ.

ޝަރީފް ވިދާޅުވީ، ޖުމުލަގޮތެއްގައި އަންދާޒީ އަދަދެއް ދަންނަވާ ނަމަ އެއްހާ ހާއި އެއްހާސް ފަސް ސަތޭކައާއި ދެމެދުގެ އަދަދަކަށް މުއައްޒަފުން ބޭނުންވާނެކަމަށެވެ. އެއީ 25 ނުވަތަ 30 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް އޭނާ ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ ލަނޑުދަނޑި ހާސިލުކުރުމުގެ ގޮތުން ކުރުމަށް ކަނޑައެެޅިފައިވާ މަސައްކަތްތަކުގެ ތެރޭގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ތައާރަފްކުރުމާއި މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަންއާއި ގުޅިގެން މީހުންގެ ސްކިލް ޑިވެލޮޕްކުރުމުގެ އިތުރުން މުއައްޒަފުންނަށް ތައުލީމު ހާސިލުކުރެވޭނެ މަގުފަހިކުރުންވެސް ހިމެނޭކަމަށެވެ.

ޝަރީފް ވިދާޅުވީ، އެއަރޕޯޓުގައި މިހާރު މަސައްކަތްކުރާ މުއައްޒަފުންގެ 90 އިންސައްތައަކީ ދިވެހިންކަމަށާއި އެ އަދަދު ދެމެހެއްޓުމަށް ގަސްތުކުރައްވާކަންވެސް އޭނާ ހިއްސާކުރެއްވިއެވެ. އެހެންކަމުން ދިވެހިން ވަޒީފާތަކުގައި ދެމެހެއްޓޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށާއި، އެކަމުގެ ތެރޭގައި އެކަށީގެންވާ މުސާރައެއް ދިނުން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، އެއަރޕޯޓަކީ ޓެކްނިކަލް މާހައުލެއްކަމަށްވުމުން އެމްއޭސީއެލްއިން އަބަދުވެސް އެ ކުންފުނީގެ މުއައްޒަފުންނަށް ތަމްރީނު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: