ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ޕެސެންޖަރ ޓާމިނަލް މި އަހަރު ނިމޭއިރު އޮޕަރޭޝަނަލް ކުރާނަން: އެމްއޭސީއެލްގެ އެމްޑީ

އެމްއޭސީއެލްގެ އެމްޑީ ޝަރީފް: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލްގެ ބޮޑު ބައެއް ނަމަވެސް މި އަހަރުގެ ފަހުކޮޅު އޮޕަރޭޝަނަލް ކުރާނެކަމަށް އެމްއޭސީއެލްގެ އެމްޑީ އިބްރާޙިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި އެމްއޭސީއެލްގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާގޮތުގެ މަތިން މި އަހަރުުގެ ފަހު ކޮޅު އައު ޓާމިނަލްގެ ބޮޑު ބައެއް ނަމަވެސް އޮޕަރޭޝަނަލް ކުރެވިގެންދާނެކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ތަސައްވުރަކީ “ތިންކިންގް އައުޓްސައިޑް ދަ ބޮކްސް” ކަމަށެވެ. ޝަރީފް ވިދާޅުވީ، އެ ވިޝަން ބަލާ މީހުން އެކަމާއިމެދު ހިޔާލު ކުރާއިރު އެމަނިކުފާނުގެ ހިޔާލު އަންދާޒާ ނުކުރެވިދާނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ކުރައްވަމުންދަނީ ހަމައެކަނި އެއަރޕޯޓުގެ މަސައްކަތްތައް ނޫންކަމަށާއި އެމަނިކުފާނު މުޅި ރާއްޖޭގެ އިގްތިސާދަށް ބައްލަވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ގެންގުޅުއްވަނީ ކަންކަން ގުޅިގެންދާ ގޮތަކަށް ތަރައްގީ ގެނައުމުގެ ވިސްނުންކަމަށެވެ. އެހެންކަމުން ރައީސްގެ ތަސައްވުރުގެ ދަށުން ވީއައިއޭ ހުޅުވިގެންދަނީ 25،000،000 ފަސިންޖަރުންނަށްކަމަށާއި ތަސައްވުރުގައި ހިމެނޭ މައިގަނޑު ދެ ބަޔަކީ ވީއައިއޭ ބޮޑުކުރުމާއި އެ ސަރަހައްދުގައި އިކޮނޮމިކް ޒޯނެއް ގާއިމުކުރުންކަމަށް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، މަޝްރޫޢު ނިމިގެންދާއިރު، އުޅަނދުތައް މަރާމާރުކުރުމުގެ ގާބިލުކަންވެސް ހުންނާނެކަމަށެވެ. އެގޮތުން އެމްއާރްއޯ ފެސިލިޓީއެއް ހުންނާނެކަމަށާއި ޖެޓު ޓާމިނަލްއެއްވެސް ހުޅުވިގެންދާނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ ވަރަށް ފޯރުންތެރި ފަތުރުވެރިން އަންނަ ގައުމެއްކަމަށެވެ. ޝަރީފް ވިދާޅުވީ، އެ މީހުން އަންނަނީ އަމިއްލަ އުޅަނދުތަކުގައިކަަމަށާއި އަހަރަކުން އަހަރަކަށް އަންނަ މީހުންގެ އަދަދުތައް ގިނަވަމުންދާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ކޭޓަރކުރުމުގެ ގޮތުން ހާއްސަ ޓާމިނަލް އެއް ބިނާކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: