ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ސިޔާސަތަކީ ތަރައްޤީ އާއި ތިމާވެށީގެ ލަނޑުދަނޑިތައް ހާމަނައިޒްކުރުން: މިނިސްޓަރ ޠާރިޤް

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް، އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސަރުކާރުގެ ސިޔާސަތަކީ ތަރައްޤީ އާއި ތިމާވެށީގެ ލަނޑުދަނޑިތައް ހާމަނައިޒްކުރުންކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް، އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނަރޖީއާއި އިނގިރޭސިވިލާތުގެ އޯޝަން ކަންޓްރޯ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އިން ކުރިއަށް ގެންދިޔަ މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒަރވްޑް އޭރިއަޒް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ޠާރިޤް ވިދާޅުވީ ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމެއްކަމަށާއި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާ މިންވަރު ބޮޑުކަމަށެވެ. އެހެންކަމުން، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ރާއްޖޭގެ ޒަރޫރީކަމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން، ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތަކަކީ، ތިމާވެށީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭ ލަނޑުދަނޑިތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއަމާޒަށް ވާސިލްވުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިތުރު ތިން ބަޔޮސްފިއަރ ރިޒަރވް އާއި ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމްކުރުމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި، އެއީ ތިމާވެއްޓާއި ތަރައްޤީ ދެމެހެއްޓެނިވިކަން ކަށަވަރުކުރަން އެޅޭ ފުރަތަމަ އެއް ފިޔަވަޅުކަންވެސް މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރ ކެރޮން ރޮސްލަރގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ތިމާވެށީގެ ސަބަބުން އިންސާނުންނަށާއި ޖަނަވާރުންނަށް ލިބޭ ހިމާޔަތާއި ފައިދާއަށް ބައްލަވާލައްވަމުން ރޮސްލަރ ވިދާޅުވީ ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެކަމަށް މަސައްކަތްތަކެއް ކޮށްގެންކަމަށެވެ.

ހަތަރު ދުވަހަށް ކުރިއަށްދިޔަ ފޯރަމްގައި އެކި ޤައުމުތަކުން 80އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެ، މައުލޫމާތު ހިއްސާކޮށްފައެވެ. މީގެ އިތުރުން، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކާއި އިތުރު ތިން ބަޔޮސްފިއަރ ރިޒަރވް ޤާއިމްކުރުމަށް އިއުލާންކޮށްފައެވެ. އަދި، ހަ ފަރާތަކަށް ވަނީ މެރިން ސައިންސް މާސްޓަރސް ސްކޮލާޝިޕްވަނީ އަރުވާފައެވެ. މި ފޯރަމްގައި ވަނީ ޕްރޮޓެކްޓެޑް އެންޑް ކޮންޒަރވްޑް އޭރިއަޒްގެ ތަފްސީލީ މައުލޫމާތު އާންމުންނަށް އެރުވުމަށް ވެބްސައިޓަކާއި އަތްމަތީ ފޮތެއް ތައާރަފްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: