ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލާ ހަކަތައިން ކަރަންޓު އުފެއްދުމުގެ ފުރުސަަތު ގޭބިސީތަކަށް!

ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން “މަގޭ ސޯލާ” ނަމުގައި ޕްރޮގްރާމެއް މުސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން އިފްތިތާހްކޮށްފިއެވެ.

މި ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. މިޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގުމަށް ރޭވިފައިވަނީ ސަރުކާރާއި، ޔުޓިލިޓީ ކުންފުނިތަކާއި އަދި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެންނެވެ.

މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު އިފްތިތާހު ކުރީ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވައްސެވެ. މި ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ގޭބިސީތަކަށެވެ. އަދި މި ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދެވޭނެއެވެ.

މި 3 މެގަވޮޓުގެ ސޯލާޕީވީ ގޭބިސީތަކަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން މިއަދު މިވަނީ އެ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އާއްމުކޮށް ބީލަމަށް ހުޅުވާލާފައެވެ.

މި ފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް، ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މިނިޒާމުތައް ގާއިމުކުރެވޭނީ ނެޓް މީޓަރިންގ އުސޫލުގެ ދަށުންނެވެ.

ސޯލަރ ޕީވީ ނިޒާމުތަކަކީ އުމުރު ދިގު ނިޒާމުތަކެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރިގޮތަށް ބަލާއިރު މިފަދަ ނިޒާމަކަށް އެއްފަހަރާ އަގުއަދާ ކުރުމަކީ އާއްމު ފަރުދުންނަށް ދަތިކަމެކެވެ. މިއަދު އިފްތިތާހްކުރި ޕްރޮގްރާމު ރާވާފައިވަނީ މިފަދަ ދަތިތަކަށް ލުޔެއް ހޯދައިދީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތަށެވެ. އަދި ސޯލާ ނިޒާމް ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިޔުންނަށް ލިބިގެންދާނެ ގޮތަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިިނިސްޓަރ ތޯރިގު ވިދާޅުވީ ދުނިޔެއަށް އަންނަ ތަރައްގީ އާއި، ކުރިއެރުމާއި އެއްވަރަށް ރާއްޖެއިން ވެސް އެ ބަދަލު ފެންނަން ޖެހޭ ކަމަށެވެ. ދުވަހުން ދުވަހަށް ބޭނުން ކުރާ ހަކަތައިގެ މިންވަރު އިތުރުވާއިރު، ދިމާވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ މިއީ ހަކަތަ އުފައްދާ ގައުމަކަށް ރާއްޖެ ނުވާތީވެ ބޭރުން އިމްޕޯޓު ކުރަން ޖެހުމެވެ.

ތޯރިގު ވިދާޅުވީ ރާއްޖެއިން ހަކަތައަށް ކުރަން ޖެހޭ އަދަދު 800 މިލިއަން ޑޮލަރަށް އަރާކަމަށާއި، އެއީ ވަރަށް ބޮޑު ހަރަދެއް ކަމަށެވެ. އެހެންކަމުން ކުރިއަރަމުން ދާ ގައުމެއްގެ ހައިސިއްޔަތުން، ހަކަތައަށް ކުރާ ހޭދަ ކުރަކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އަޅުގަނޑުމެން ހަކަތަ އުފައްދާ ގައުމަކަށް ނުވާތީވެ، އަބަދުވެސް މި ޖެހެނީ ހަކަތަ އިމްޕޯޓު ކުރަން.. އެހެންވީމަ އަޅުގަނޑުމެންގެ މި ގައުމަށް އިމްޕޯޓު ކުރާ ހަކަތައަކީ ވަރަށް އަގުބޮޑު ހަކަތައެއް.. ރާއްޖޭގެ ޖީޑީޕީ 13 އިންސައްތަ މިވަނީ ހަރަދު ކުރަން.. އެހެންވީމަ މިއީ ވަރަށް ބޮޑު އަދަދެއް.. އަދަދުގެ ގޮތުން ދަންނަވާނަަމަ 800 މިލިއަން ޑޮލަރު.. އަހަރެއްގެ މައްޗަށް ފިއުލް އެނާޖީ އެބައަރާ..

މިނިސްޓަރ ވިދާޅުވީ މިއަދު އިފްތިތާހު ކުރެވުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި މި ޕްރޮގްރާމާއި އެކު އާންމު ރައްޔިތުންނަށް ގޭގެ ފުރާޅުގައި ސޯލާރ ޕެނަލް ހަރު ކުރެވޭނެކަމަށް ތޯރިގު ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ޕްރޮގްރާމް ނިމިގެން ދާއިރު ގޭބިސީތަކުގައި އިޔާދަ ކުރުވަނި ހަކަތަ ގާއިމު ކުރުމަށް ބޭނުންވާ އާންމުންނަށް އެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: