ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފަހި ފަތުރުވެރިކަމަށް އަންހެނުން” ނަމުގައި ޕްރޮގްރާމް އެއް އިފްތިހާހްކޮށްފި

ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހި އަންހެން މުވައްޒަފުން އިތުރުކުރުމަށްޓަކައި “ފަހި ފަތުރުވެރިކަމަށް އަންހެނުން” ނަމުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އިފްތިތާހް ކުރި މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން ހަފްތާ 14 ގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ވެވަޑައިގަންނަވާފައިވާ ވައުދެކެވެ.

މީރުމާ ހޯލްގައި ބޭއްވި މި ހަަފްލާ ޝަފުވެރިކޮށްދެއްވާފައިވަނީ އިގްތިސާދާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. ފަތުރުވެރިކަމަށް ޝައުގުވެރިވާ ޒުވާން ކަނބަލުންނަށް އަމާޒުކޮށްގެން ހިންގޭ މެންޓޯރިން “ފަހި ފަތުރުވެރިކަމަށް އަންހެނުން” ޕްރޮގްރާމް ލޯންޗު ކުރުމުގެ މިހަފްލާގައި އިގްތިސާދީ ވަޒީރުގެ އިތުރުން ދައުލަތުގެ މަތީފަންތީގެ އިއްޒަތްރެއިންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީފަންތީގެ އިއްޒަތްތެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ފްރޮގްރާމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުނަށް އަދާކުރެވޭނެ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، މެންޓޯރޝިޕް ޕްރޮގްރާމެއްގެ ސިފައިގައި، މި ދާއިރާއަށް އަންހެނުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުން ބާރުވެރިކޮށް، ވަޒީފާ އަދާކުރާ މިންވަރު އިތުރުކުރުމަށް ފަރުމާކޮށް ހިންގާ ޕްރޮގްރާމެއް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އަހަރަކު 2 ފަހަރު ކުރިއަށްގެންދިއުމަށް ރޭވިފައިވާ މި ޕްރިގަރާމް ކުރިޔަށް ގެންދިއުމަށް ރޭވިފައިވަނީ 3 މަރުހަލާއަކަށް ބަހާލައިގެން ކަމަށް އެވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި ދަރިވަރުން ޝައުގުވެރިކަން ހުންނަ ދާއިރާތައް ދެނެގަނެ އެދާއިރާއަކުން ކުރިއަށް ދިއުމަށް ބާރުއަޅައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތުގައި ވަޒީފާ އަދާކުރާ ތަޖުރިބާކާރުން މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މި ޕްރޮގްރާމްގެ މައިގަނޑު ކޮމްޕޯނަންޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ސެޓްފިކެޓް، ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް މެންޓޯޝިޕް ފޯރުކޮށްދިނުން ކަމުގައި އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް 3 މަހުގެ މެންޓޯރޝިޕް ޕްރޮގްރާމެއް ހަމަޖައްސައި ދަރިވަރުން މެންޓޯރުންނާއި ގުޅުވައިދެވޭނެ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މެންޓޯރުންގެ އެހީގައި ވަޒީފާގެ މާހައުލަށް ދަރިވަރުން ތައްޔާރުކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށާއި ގައުމުގެ އިގްތިސާދު ކުރިއެރުވުމުގައި ހިއްސާވާ ބާރުވެރި އަންހެނުންގެ ޖީލެއްވެސް އުފެއްދިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: