ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީކޯ-ޓޫރިޒަމްގެ މަޝްރޫއުއެއް ފެށުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނިންމައިފި

ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގެ ދަށުން ދިވެހިރާއްޖޭގެ ފަތުރިކަމުގެ ސިނާއަތަކީ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ސިނާއަތަަށް ހެދުމުގެ މަގްސަދުގައި އަދި ފަތުރުވެރިކަން ސިންދަފާތުކުރުމުގެ ސިޔާސަތުގެ ދަށުން އީކޯ-ޓޫރިޒަމްގެ މަޝްރޫއުއެއް ފެށުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މި މަޝްރޫއުއަކީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ފަންނީ އެހީތެރިކަމާއި ޔޫ އެސް އެއިޑް ގެ އެހީތެރިކަން ލިބިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މި މަޝްރޫއު އިފްތިތާހްކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ރޭގަނޑު 20:30 ގައެވެ.

ރާއްޖޭގައި ހުރި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަށް ލިބިފައިވާ ތަންތަން ލިސްޓުކޮށް އެ ތަންތަނަށް އަމާޒުކޮށް އީކޯ-ޓޫރިޒަމްގެ މަޝްރޫއުއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރައިން ވަނީ ބުނެފައެވެ. އަދި ދެމެހެއްޓެނިވި ސިޔާސަތުތަކަށް ސަމާލުކަންދީ ތިމާވެއްޓަށް އިސްކަންދޭ މިންގަނޑަކުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން މިންކުރުމަކީ މި މަޝްރޫއުގެ ދަށުން ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ނާޒުކު އިކޯލޮޖިކަލް ސަރަހައްދުތައް ހިމާޔަތްކުރުމާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ތިމާވެށި ހިމާޔަތްކުރުމަށް އިސްކަންދޭ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރާނެ ކަމަށެވެ. އަދި ތިމާވެއްޓާއި ރަށްޓެހި އުސޫލުތަކުގެ ތެރެއިން ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަށް ފަތުރުވެރިންނަށް ޒިޔާރަތްކޮށް ދިވެހި ރާއްޖޭގެ ގިދުރަތީ ރީތިކަން ތަޖުރިބާ ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަަށް ވަނީ ބުނެފައެވެ.

އީކޯ-ޓޫރިޒަމްގެ މި މަޝްރޫއު މެދުވެރިކޮށް ބެލެހެއްޓޭ އަދި ހިމާޔަތްކުރެވޭ މިފަދަ ސަރަހައްދުތަކަކީ އެތަންތަނުގެ މުހިންމުކަން ރައްޔިތުންނަށް ބަލައިގަނެވޭ، ރައްޔިތުންނަށް އިގްތިސާދީ މަންފާ ލިބިދޭ ތަންތަންކަމުގައި ހެދިގެންދާނެ ކަމަށްވެސް ފަތުރވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ހިންގާ ހަރަކާތްތަކުގައާއި އެ ސަރަހައްދު ބެލެހެއްޓުމުގައި އިސްކަންދޭންވީ ކަންކަމާއި، ނިންމާ ނިންމުންތަކުގައި ދެމެހެއްޓެނިވި، ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތަކާއި މިންގަޑުތައް އެކުލަވައިލައި ތަންފީޒު ކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށްގެންގޮސް، އީކޯ-ޓޫރިޒަމް ކުރިއެވުމަށްޓަކައި މުޅި ރާއްޖޭގައި ހާއްސަ ޒޯންތަކެއް މެޕްކޯށް، ވަކި ސިޔާސަތުތަކެއް އެކަށައެޅިގެންދާނެއެވެ. އަދި ގުދުރަތީ ރީތިކަމުގެ މައްޗަށް ބިނާވެފައިވާ ދިވެހިރާއްޖެއަކީ ލޯޑިންދ ޑެސްޓިނޭޝަނަކަށް ވެގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: