ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 89.5 މިލިއަން ރުފިޔާ

އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބުނުކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުގައި މި އަދަދަކީ މީގެ ކުރީގެ އަހަރާ އަޅާބަލައި 3 އިންސައްތަ ދަށް އަދަދެކެވެ.

މީރާގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައި ވަނީ އޭޕްރިލް މަހު އެވެ. އެ މަހު 22.3 މިލިއަން ރުފިޔާ ލިބުނުއިރު މުޅި އަހަރުގެ ޖުމްލަ އަދަދަކީ 92.6 މިލިއަން ރުފިޔާ އެވެ.

މިދިޔަ ދެ އަހަރު ވެސް އެންމެ ދަށްކޮށް މުދަލު ޒަކާތް ދައްކާފައި ވަނީ ޑިސެމްބަރު މަހު އެވެ.

މިދިޔަ އަހަރުގެ މުދަލު ޒަކާތުގެ ނިސްބަތަކީ، 7062.50 ރުފިޔާކަމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވެއެވެ.

މުދަލުގެ ޒަކާތަކީ އިސްލާމް ދީނުގެ ރުކުނަކަށް ވީ ހިނދު އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ ވަރަށް ފައިސާ ހުރެ އެ ފައިސާ ހުންނަތާ ހިޖުރީއެއްވުމުން ޝަރުއީ ހަމަތަކާއި އެއްގޮތަށް އޭގެ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ނެރުމަށް ނަސޭހަތްތެރިވުމެވެ.

ޒަކާތް ނެރުން ވާޖިބުވާ މުދަލުގެ ބާވަތް ތަކުގެ ތެރޭގައި ހިމެނެނީ ފައިސާ އާއި ރަނާއި ރިހި އަދި ބިމުގެ މައުދަންތަކާއި ރިކާޒުގެ އިތުރުން ވިޔަފާރި މުދަލާއި މޭވާއާއި ގޮވާމުގެ ބާވަތްތަކާއި ގެރި ބަކަރި އަދި ޖަމަލު ފަދަ ތަކެތި ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީއަށް ދައްކަމުން އައި މުދަލު ޒަކާތް، ބަލައިގަންނަމުން ދަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. އެ މީހަކު ޒަކާތް ދައްކަން ޖެހޭ މިންވަރު ބެލުމަށް ފަހު، އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު މީރާއިން ވަނީ ހަމަޖައްސާފަ އެވެ.

އަހަރުގެ ކޮންމެ ދުވަސްވަރެއްގަ މުދަލު ޒަކާތް ދެއްކިދާނެއެވެ. އެއީ އަތުގައި ހުރި މުދަލުން އަހަރު ވުމަށްފަހު ދައްކަންޖެހޭ ދީނީ ވާޖިބެކެވެ. ރަންރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން، ކޮންމެ އަހަރެއްގައި ވެސް މުދަލުޒަކާތް ދައްކަންޖެހޭ ވަރަށް ބަދަލު އާދެއެވެ. މުދަލުން ޒަކާަތް ވާޖިބުވާ ވަރު ރާއްޖޭގައި ބަލަމުން އަންނަނީ ރިހީގެ އަގުންނެވެ. އަތުގައި އެވަގުތަކު ހުރި މުދަލުން ނިސާބު ހަމަވާނަމަ އޭގެއިން 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗައް ވާޖިބުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: