ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުން ގެއްލުވާލި ސަރަހައްދު ސަރުކާރުން ހޯދައިދޭނެކަމުގެ ޔަގީންކަން އެބައޮތް: މިނިސްޓަރ ތޯރިގު

މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ -- ފޮޓޯ/ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުން ގެއްލުވާލި ސަރަހައްދު މި ސަރުކާރުން ހޯދަވައިދެއްްވާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އެންވައިރޮންމެންޓް މިނިސްޓަރ ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް މަސްވެރިންގެ ރެސްކިއު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިންގެ ހައްގުތައް ކަށަވަރުކުރުމަށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާކަމަށެވެ. މިއީ ހެޔޮ ބަދަލުތަކެއް އަންނާނެކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓިފައި ނެތްކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް މަސްވެރިކަން ކުރުމަށް އޮތް ކަނޑުގެ ސަރަހައްދުން އެހެން ޤައުމުތަކުގެ މީހުން ދަނީ މަސްވެރިކަން ކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ އަމާޒު ހުރީ އެމްއެންޑީއެފް މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ފުޅާ ކުރެއްވުމަށްކަމަށާއި، ގެއްލުވާލާފައިވާ ކަނޑުގެ ސަރަޙައްދުވެސް މަސްވެރިންނަށް ހޯދައިދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާއި ފުށުއެރުންކެއް ހުރިކަމަށް ބުނެ ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާއި ދެކޮޅަށް ހުށައެޅި މައްސަލައިގައި، ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނެވެ. އަދި އޭރު އިދިކޮޅުގައި އޮވެ ޕީޕިއެމް/ޕީއެންސީއިން ވަނީ އެއީ ޑީލެއްގެ ދަށުން ވިއްކާލި ސަރަހައްދެއްކަމަށް ތުހުމަތުކޮށްފައެވެ.

މި ސަރަހައްދު އަނބުރާ ހޯދުމަކީ ސަރުކާރުގެ ހަފްތާ 14 ގެ ތެރޭގައި ހިމެނޭ ވައުދަކަށްވާއިރު، މި މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި އެކު އެކުލަވާލާ ރިޕޯޓު ކަރުދާހުގެ ފުރަތަމަ ކޮޕީ އެޓާނީ ޖެނެރަލްގެ އޮފީހަށް ލިބިފައިވާކަމަށް ސަރުކާރުން މިހާރު ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވަނީ ހައިޑްރޯގްރާފީ އެއްބަސްވުމާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ދިރާސާއެއް ހެދުމަށް ރާއްޖެއިން ބޭރުގެ ބަޔަކާއެކު މަސައްކަތްތަކެއް ކުރެއްވުމަކީ ރަނގަޅަށް ނިންމެވި ނިންމުމެއް ނޫންކަމަށް ފާހަގަކޮށް ތޯރިގު ވިދާޅުވީ މިފަދަ ސަރވޭތައް އެމްއެންޑީއެފް މެދުވެރިކޮށް ހެދުމުގެ ވިސްނުން ސަރުކާރުގެ އެބަހުރިކަމަށެވެ. މި ސަރުކާރުން ވަނީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާނުކުރުމަށް ނިންމާފައެވެ. އެއީ އިންޑިއާއިއެކު އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

ކުނީގެ މައްސަލައާއި ގުޅިގެންވެސް މިނިސްޓަރު ވާހަކަދައްކަވާފައިވާއިރު، ކަނޑު ފަޅުތަކަށް ކުނީގެ ސަބަބުން ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް މަސްވެރިންގެ ދައުރު މުހިންމުކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: