ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ޖީޑީޕީގެ 13 އިންސައްތަ ހަރަދު ކުރަނީ ހަކަތަ އުފައްދަން: މިނިސްޓަރު ތޯރިގު

މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަޖީ، ތޯރިގް އިބްރާހީމް /ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖީޑީޕީގެ ތޭރެ އިންސައްތާއި ގާތްކުރާ އަދަދެއް ހޭދަކުރަމުންދަނީ ހަކަތަ އުފެއްދުމުގެ ގޮތުން ޑީސަލް އިމްޕޯޓުކުރުމަށްކަމަށް މިނިސްޓަރ އޮފް ކްލައިމެޓު ޗޭންޖް އެންވައިރަމެންޓު އެންޑް އެނާޖީ ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޑުބާއީގައި ކުރިއަށް ގެންދާ ކޮޕް28 ބައްދަލުވުމުގައި ބައިވެރިވާ ކުދި ގައުމުތަކުން މަސައްކަތްކުރަމުންދަނީ އަވަސް ގޮތަކަށް މޫސުމީ ކަންކަމާއި ގުޅުންހުރި ފަންޑުތައް ހޯދުމަށެވެ. އެގޮތުން އަލް އަރަބިއްޔާ އިންގްލިޝް ކިޔާ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ، މޫސުމީ ގެއްލުންތައް ކުޑަކުރުމަށާއި އެހީތެރިކަން ފޯރުކުރުމަށް އެކުލަވާލާފައިވާ ފަންޑުގެ މަސައްކަތްތައް ފެށިފައިވުމަކީ ރާއްޖެއިން މަރުހަބާ ކިޔާކަމެއްކަމަށެވެ. އެހެންނަމަވެސް އެ ފަންޑު ކުދި ގައުމުތަކަށް މިހާރަށްވުރެވެސް ބޮޑަށް ހުޅުވާލެވިފައިވާންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފަންޑުގެ މަސައްކަތްތަކަކީ އަބަދުވެސް ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދަންޖެހޭނެކަމަށާއި، ބައެއް ފަހަރުތަކުގައި ދޭ އެހީއެއްގެ ގޮތުގައި އޮތުން އެކަށީގެން ނުވާކަމަށްވެސް ވިދާޅުވިއެވެ. އަދި ފަންޑަށް އެކްސެސްކުރުމާއި ހޯދުމަށް އެދުމުގެ މަސައްކަތްތައް މިހާރަށްވުރެވެސް ދެފުށްފެންނަ ގޮތަކަށް ބައްޓަންކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ރިޕޯޓުގައިވާގޮތުން 521،000 ވަރަކަށް މީހުން ދިރިއުޅެމުންދާ ރާއްޖެއަކީ ވާރޭ ފެނަށް ބަރޯސާވެފައި އޮތްގައުމެއްކަމަށެވެ. އަދި ރާއްޖެއަކީ ކަނޑުގެ ލޮނޑުގަނޑު އުފުލުމާއި ރަށްގިރުން ފަދަ ދަތިތައްވެސް ކުރިމަތިވާ ގައުމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިކަމަށްވެސް ރިޕޯޓުގައިވެއެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ފެން ރައްކައުކުރާ ނިޒާމުގެ ތެރެއަށް ގިނަ އަދަދަކަށް ލޮނުފެން އެޅި ތަގައްޔަރުވެފައިވާކަމަށް ފާހަގަކުރެއްވިއެވެ. މީޑިއާތަކުން ބުނާގޮތުން ރާއްޖެއިންވަނީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށްވެސް އެދިފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން އުފައްދާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ގޮތުގެމަތިން އުފެދެއްދުމަށް ކޮޕް28 ބައްދަލުވުމުގައި އިއުލާކުރައްވާ ރާއްޖޭގެ ފަރާތުން ވައުދުވެވަދައިގެންފައިކަމަށްވެސް ރިޕޯޓުގައިވެއެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މައިގަނޑު ގޮތެއްގައި ހަކަތަ އުފައްދަނީ އިމްޕޯޓުކުރާ ޑީސެލްއިންކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމަށް ޖީޑީޕީގެ 13 އިންސައްތައް ހަރަދުކުރާކަމަށްވެސް ބުނެފައިވެއެވެ. އަދި ރާއްޖޭގައި މިވަގުތު އިޔާދަކުރަނިވި ހަކަތައިގެ ގޮތުގައި އުފައްދަނީ ޖުމުލުގައިގެ 4 އިންސައްތަކަށާއި 33 އިންސައްތައަށް އެ އަދަދު އިތުރުކުރުމަށް 600 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއްގެ ފައިދާ ބޭނުންވާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: