ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔެ ހޫނުވުން ހައްލުކުރުމަށް އައު ވައުދުތަކެއް!

ކޮޕް28 ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެ ހޫނުވަމުންދިއުމުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި ދުނިޔޭގެ ގައުމުތަކާއި ތެޔޮ އުފައްދާ ކުންފުނިތަކުން އެއްބަސްވުމެއް ގާއިމުކުރުމަށް ނިންމައިފިއެވެ.

މީޑިއާތަކުން ބުނާގޮތުން ހޫނުވަމުންދިއުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ބޮޑު މަސައްކަތްތަކެއް ފެށުމަށް ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި 100 ގައުމު ހިމެނެއެވެ. އަދި އެ ގައުމުތަކުންވަނީ އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ކުރުން 2030 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރުމަށް ވައުދުވެފައިކަމަށްވެސް ބުނެފައިވެއެވެ. ސައުދީގެ އެންމެ ބޮޑު އެއް ތެޔޮ އުފައްދާ ކުންފުނިކަމަށްވާ އަރަމްކޯވެސް ހިމެނޭހެން 50 ތެޔޮ އަދި ގޭސް ކުންފުނިންވެސް ދުނިޔެ ހޫނުވަމުންދިއުމަށް އިތުރުން 2050ގެ ނިޔަލަަށް ހުއްޓާލުމަށްވެސް އެއްބަސްވެފައިވާކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް އެކަމނުގެ ސަބަބުން ތެޔޮ އެންދުމުން އުފެދިގެންދާ ވިހަ މާއްދާތަކަށް ރިއާޔަތް ނުކުރެވޭކަމަށާއި އެކަމުން މޫސުމަށް ބަދަލު އައުމުގެ މައްސަލައަށް ހައްލެއް ގެނައުމުގައި ކުރިއެރުންތަކެއް ލިބިގެން ނުދާކަމަށްވެސް ބުނެފައިވާއިރު، އިޔާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންގަނޑުތައް ތިން ގުނަ ކުރުމަށް ވައުދުވެފައިވާ ގައުމުތަކުން ވަނީ ދުނިޔޭގެ ހަކަތައިގެ ނިޒާމުން ތެލުގެ ބާވަތްތައް ނައްތާލުމަށް 2050 ވަނަ އަހަރާއި ހިސާބުގައި މަގުފަހިވެގެންދާނެކަމަށްވެސް ބުނެފައިކަމަށްވެސް ރިޕޯޓުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: