ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭއިރު ދައްކަންޖެހޭ 25 ރުފިޔާ ކަނޑާލައިފި

ޖިންސީ ގޯނާއާއި ގެވެށި އަނިޔާއާއި ދެކޮޅަށް ޒުވާނުންތަކެއް ނިކުމެ ކުރިޔަށް ގެންދިޔަ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި އަނިޔާގެ އެކި މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރަށް އެދޭއިރު ދައްކަން ޖެހޭ 25 ރުފިޔާގެ ފީ ކަނޑާލައިފި އެވެ.

ފެމިލީ ކޯޓުން އަލަށް އާންމުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކާއި ރައްކާތެރިކަމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގައި ކުރިން ނަގަމުން ދިޔަ ފީ ދައްކަން ޖެހޭ ބައިވަނީ އުވާލާފަ އެވެ. އަދި ކުރިން ފޯމުގައި ހުރި އެހެން ބައިތަކެއް އުނިކޮށް، ފޯމު ސެޓުގައި މިހާރު ހުރީ ހަ ސަފުހާ އެވެ.

މި ފީ ކަނޑާލާފައިވާކަން، މީޑިއާތަކަށް ކަށަވަރު ކުރެވުނީ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމްގެ އަމިއްލަ ބްލޮގުގައި ލިޔެފައިވާ ރިޕޯޓަކުންނެވެ. އެ ލިއުމުގައި ޝަމީމް ވިދާޅުވެފައި ވަނީ އެ ފީ ނަގާ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ކަމާއި ގުޅޭ އިދާރާތައް އެއްތަންވެ ބޭއްވި އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދީ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށެވެ.

ޝަމީމް ވިދާޅުވީ ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާއިރު ފެމިލީ ކޯޓުން އެ މައްސަލައެއް ބަލައިގަތުމަށް 25 ރުފިޔާގެ ފީއެއް ދައްކަން ޖެހޭ މައްސަލައެއް އެ ބައްދަލުވުމަށް ހުށަހެޅީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަމަށެވެ.

މި ފައިސާ ދައްކަން ޖެހެނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށްކަމަށްވުމާއި އެކު، އެކަމަށް އިންޓެނެޓާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންވާކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ އާންމުކޯށް ހުންނާނެ ހާލަތަށް ވިސްނައި އެ 25 ރުފިޔާ ނުދައްކާ ގޮތަށް ބަދަލު ކުރުން އެއީ މުހިންމުކަމެއްގެ ގޮތުގައި ހުރިހާ އިދާރާތްތަކަށް ވެސް ފެނުނު ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެކަމާއި ބެހޭ ގޮތުން ފެމިލީ ކޯޓާއި އޭނާ ވާހަކަ ދެއްކެވި އިރު، ވެސް އެގޮތަށް ނިންމައި އޮތީ ތަންފީޒީ މަރުހަލާގަ އެވެ.

މި ބަދަލާއި އެކު ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ފޯމާއި އެކު ހުށަހަޅަން ޖެހޭ ލިއުމެއް ހުށަހެޅެން ނެތް ހާލަތެއް އޮތް ނަމަ އެކަމެއް ކޯޓުގެ ސަމާލުކަމަށް ގެނައުމަށް އޮތީ އެދިފަ އެވެ. މީގެ ކުރިން ފޯމާއި އެކު ހުށަހަޅަން ޖެހޭ ލިއުމެއް ނެތް ނަމަ، ފޯމު ބަލައިނުގަންނާނެ އެވެ. އެކަމަކު ގެވެށި އަނިޔާގެ ރައްކާތެރިކަމަށް އެދޭ މީހާ ހުންނާނެ ހާލަތަށް ރިއާޔަތް ކުރާއިރު ބައެއް ފަހަރު ހުރިހާ ލިއުންތައް އޭނާގެ އަތުގައި ނެތި ހިނގައިދާނެ ހާލަތެއް އޮތުމުގެ ސަބަބުން އެއީ ގާނޫނުގައި ތަސައްވަރު ކުރާ ގޮތަށް އަނިޔާ ލިބޭ މީހާއަށް ފަސޭހަ ނިޒާމެއް ގާއިމު ކުރުމަށް ފެމިލީ ކޯޓުން އެޅި މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: