ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިގްތިސާދީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމި އޮންނާނަން، ޕްރޮޖެކްޓުތަކަށް ހުރަހެއް ނެތް: އިންޑިއާ

ތިލަމާލެ ބްރިޖު މަޝްރޫއު ކުރިއަށްދަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާގެ ސިފައިން ފޮނުވާލުމަށް ކުރާ މަސައްކަތްތަކުގެ އަސަރު، މިވަގުތު ކުރިޔަށް ދާ އެއްވެސް މަޝްރޫއުއަކަށް ނުކުރާނެކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާ – ރާއްޖެ ދެމެދު ހައިލެވެލް ކޮމިޓީއެއް އެކުލާވާލުމަށް ފަހު އިންޑިއާގެ ސިފައިން ފޮނުވާލުމާއި ގުޅޭ މަޝްވަރާތައް ފަށައި ރައީސް ވަނީ ތާރީހެއްގެ ގޮތުގައި މާޗް 14 ކަނޑައަޅުއްވާފަ އެވެ. މިހާތަނަށް އައިއިރު ރާއްޖޭގައި ތިބީ ޖުމްލަ ކިތައް އޮފިސަރުންކަން ޔަގީން ކުރެވިފައި ނުވާއިރު ސަރުކާރުން ބުނާގޮތުގައި އެ އަދަދު ހުރީ 88 ގަ އެވެ. މިއީ އުނިއިތުރެއް އަތުވެދާނެ އަދަދެއްކަމަށާއި، މުހިންމީ އެ މީހުން މި ގައުމުން ފޮނުވާލުންކަމަށް ވެސް ބުނެފައި ވެއެވެ.

މި މަޝްވަރާތައް ފެށިވަގުތާއި ދެ ގައުމުގެ ދެމެދުގެ އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެ އިންޑިއާގެ ޕްރޮޖެކްޓުތަކަށް ވާނެ ގޮތަކާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. މި ހަފްތާގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ރަންދީރު ޖެއިސްވާލުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގައުމުގައި ހަރަކާތްތެރިވާ ބޮޑެތި މީޑިއާތަކުން ވެސް ކުރި ސުވާލަކީ އެއީ އެވެ.

އިންޑިއާގެ ސިފައިންގެ މައްސަލައިގައި ރަންދީރު ވިދާޅުވެފައި ވަނީ، ދެން އިތުރު ބައްދަލުވުމެއް އޮންނާނީ ރާއްޖޭން ބޭރުގައި ކަމަށެވެ. އަދި މި މަޝްވަރާތަކުގައި މެޑިކަލް އިވެކުއޭޝަންތައް ހުއްޓާނުލައި ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ހުށަހެޅިކަމަށް އޭނާ ވިދާޅުވި އެވެ. މި ހުށަހެޅުމަށް ދެ ފަރާތުން ވެސް ވާހަކަ ދެއްކިކަމަށް އިންޑިއާއިން ބުނާއިރު ދިވެހި ސަރުކާރުގެ އެއްވެސް ތަފްސީލެއް ލިބިފައި ނުވެ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާއަށް ގިނަ ޕްރޮޖްކްޓުތައް ހަވާލުކުރިއިރު ރަންދީރު ވިދާޅުވެފައި ވަނީ އެ ގައުމަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނައިސް ކުރިޔަށްދާނެކަމަށާއި، އެކަމުގައި އެއްވެސް ގޮންޖެހުމެއް ނާންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާއަށް ހަވާލުކޮށްފައިވާ ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ހިމެނެ އެވެ. މި މަސައްކަތް ލަސްވުމުގެ ސަބަބުން ދިވެހި ސަރުކާރުން ވަނީ، ޕްރޮޖެކްޓު އަވަސްކޮށްދޭން ރަސްމީކޮށް އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: