ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޝްވަތު ހިފުމުގެ ކުށް ހިމެނޭހެން، މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީއަށް ހަތް ދައުވާއެއްކޮށްދޭން އެދި ޕީޖީއަށް!

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވައިފިއެވެ.

އޭސީސީގެ އިސްނެގުމަށް ބެލި މި މައްސަލައާއި ގުޅޭގޮތުން ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނުގައި ބުނީ މައުމޫން މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް، އެލްޕީޖީ ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 3.10 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވާކަން ތަހުގީގުތަކުން ދައްކާ ކަމަށެވެ. އަދި އެ ފައިސާ އޭނާއާއި ގުޅުން އޮތްކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި، ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

އެހެންވެ އެ މައްސަލައިގައި މައުމޫންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި، މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާއި ހޯދައި ދިނުމުގެ ކުށުގެ ދައުވާއާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ 7 ދަޢުވާއެއް ކުރުމަށް ހުށަހެޅީކަމަށް އޭސީސީން ބުންޏެވެ.

ކޮމިޝަނުން ވަނީ މި މައްސަލައިގައި މައުމޫން ރިޝްވަތުގެ ގޮތުގައި ނެންގެވިކަމަށް ތުހުމަތު ކުރެވޭ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ) އަންބުރާ ހޯދުމަށް ވެސް ނިންމާފައެވެ.

ގޭސް މާނުގެ ނަމުން މަޝްހޫރު، މައުމޫންގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވިއިރު 2018 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުވުމާއި އެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ. އޭރު ވެސ އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ، އެ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔައިރު މީޑިއާތަކުގައި ވެސް ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށް ރިޕޯޓުތައް ގެނެސްފަ އެވެ.

މި މައްސަލަ މިހާ ބޮޑަށް ދިގުލައިގެން ދިޔަ ސަބަބެއްކަމަށް އޭރު އޭސީސީން ބުނެފައި ވަނީ މައުމޫން ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ތަހުގީގަށް ހުރަސްތަކެއް އެޅިފައިވުމެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަ މީހަކު ތަހުގީގަކަށް ހާޒިރު ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ހުރުމުގެ ސަބަބުން ވެސް ދަތިތަކެއް ދިމާވިކަމަށް ކޮމިޝަނުން ބުންޏެވެ.

މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގެ ގޮތުގައި މީޑިއާތަކުން އޭރު ރިޕޯޓު ކުރި ބައެއް ކަންކަމުގެ ތެރޭގައި ގޭސް އެޅުމަށް ބޭނުން ކުރާ ފުޅި ބަދަލުކުރުމާއި، އެ މަސައްކަތުގެ ތެރެއިން ޑޮލަރު ނެންގެވުން ހިމެނެ އެވެ.

މީގެއިތުރުން ކުންފުނީގެ ނަމުގައި ސީއެސްއާރުގެ ދަށުން ދޫކުރި ފައިސާއާއި މެދު ވެސް ބޮޑެތި ސުވާލުތަކެއް އުފެދުނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: