ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފިފްޝީން!

އެސްޑީއެފްސީގެ އެމްޑީ އަކަށް އައްޔަނު ކުރި އައިޝަތު ފިފްޝީން އަލީ (ފޮޓޯ/ބީއެމްއެލް)
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ އައްޔަނުކޮށްފި އެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ފިފްޝީން އައްޔަނު ކުރުމުން އެކަމަށް ކުންފުނިން ވަނީ މަރުހަބާ ކިޔާފަ އެވެ.

ފިފްޝީންއަކީ ބީއެމްއެލްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. އަދި އޭނާ ވަނީ ބޭންކުގެ ހެޑް އޮފް ޗެނަލް މެނޭޖްމަންޓުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. ފިފްޝީން ވަނީ މާލީ ދާއިރާއިން އޮސްޓްރޭލިއާއިން މަތީ ތައުލީމު ހާސިލު ކުރައްވާފަ އެވެ.

މީގެ ދުވަސްތަކެއް ކުރިން، އެސްޑީއެފްސީއަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި އައިޝަތު މީޒާ އާދަމް ވަނީ އައްޔަނުކޮށްފަ އެވެ.

އެސްޑީއެފްސީއަކީ ވިޔަފާރިތައް ކުރިއެރުވުމަށާއި، ދިމާވާ ދަތިތައް ހައްލު ކުރުމަށް ފަސޭހައިން ލޯނުތައް ލިބޭނެ މަގު ހަމަޖެއްސުމުގެ ގޮތުން އުފެއްދި ކުންފުންޏެކެވެ. އަދި އެސްޑީއެފްސީއަކީ ސަރުކާރުގެ އެއް ވައުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

ކުންފުނީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިގްސިދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

މީގެއިތުރުނ ކުންފުނިން ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ވަކިވަކި ދާއިރާތަކަށް ބޭނުންވާ ލޯނުތައް ދޫކުރުމަށް އިސްކަން ދޭން ޖެހެ އެވެ. އޭގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާއާއި، ދަނޑުވެރިކަމާއި މަސްވެރިކަން އަދި އުފެއްދުންތެރިކަމާއި ގުޅުންހުރި ވިޔަފާރިތަކުގެ އިތުރުން އިންފޮމޭޝަން، ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އޭގެ ތެރޭގައި ހިމެނެ އެވެ.

އެސްޑީއެފްސީގެ އަމާޒެއްގެ ގޮތުގައި ހިމަނާފައި ވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް ކުރިއަރައި ތަރައްގީ ކުރުމަށް ދެވޭނޭ ހިދުމަތްތައް ފާހަގަކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމާއިއެކު، މިފަދަ ވިޔަފާރީތަކައް ބޭނުންވާ މާލީ އެހީތެރިކަން ލިބޭނެ ފަހިމަގެއް ހޯދައި ދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: