ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ހޮވުނު ރިޝްވާން މަގާމުގެ ހުވާކުރުމުގެ ކުރިން ޕީއެންސީއަށް

އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި އާ ކައުންސިލަރު ރިޝްވާން
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދިފަހުން ބޭއްވި މާލޭގެ ދާއިރާތަކުގެ ބައި އިލެކްޝަނުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް މެދުހެންވޭރު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރި އަހުމަދު ރިޝްވާން ސަރުކާރާއި ގުޅިވަޑައިގެންފި އެވެ.

މާލެ ސިޓީގެ ހުސްވެފައިވާ ހަތަރު ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނުގައި ޕީއެންސީއަށް ދެ ގޮނޑި ކާމިޔާބު ކުރެވުނެވެ. އަދި އެމްޑީޕީން ކާމިޔާބު ކުރީ މާލޭގެ މޭޔަރުކަމުގެ ގޮނޑިއާއި، މެދުހެންވޭރު ދާއިރާ އެވެ.

މޭޔަރުކަމަށް އިންތިހާބުވެފައި ވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ.

މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިޔަށް، ރިޝްވާން ޕީއެންސީއަށް ސޮއި ކުރެއްވުމުން ފޯމާއި ހަވާލުވެވަޑައިގަތީ ކޮންގްރެސް ކޯލިޝަން ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލެ ސިޓީ ކައުންސިލްގައި 19 މެމްބަރަކު ތިއްބަވާއިރު، މީގެތެރެއިން ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 13 މެމްބަރަކު އެބަތިއްބެވެ.

ވަރަށް ގަދަ
16%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 54%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މިދެން ލަދުހަޔާތް އަރުއްވައިގަނެފަހުރި މީހެއް މިކަހަލަމީހުން ހޮވަން ވޯޓުލީ މީހުންވެސް ފާފަވެރިވާނެ

  2. ރިޝްވާނުގެ ގޮަންޑި ސައްހަ ވާނެތޯ؟ މިގޮތައް މަކަރާއި ޔަހޫދިން ހޮވިގެން ޕާޓީ ބަދަލު ކުރާމީހުނާއި ދޭތެރޭ ކޮއްމެވެސް ކަހަލުގެ ހަރުކަށި ގާނޫނެއް ހަދަންޖެހޭ އެހެންނޫނީ މަޖިލީސް މެމްބަރުންނާއި ކައުންސިލް މެމްބަރުން ގޮންޑި ވިއްކުމާއި ޕާޓީ ބަދަލު ކުރުން ނުހުއްޓުވޭނެ. އެ މެމްބަރަކު ހޮވާ ޕާޓީއަކުން ވަރަށް ބޮޑަށް މަސައްކަތްކޮށް އަދި އެ ޕާޓީގެ އާއްމު މެމްބަރުންވެސް އެވަރަށް ބުރަމަސައްކަތް =ކޮއްގެން ހޮވީމަ ގޮންޑި ވިއްކާ ލަނީ މިކަން މިހެން ނުވާނެ ގޮތަކައް ޕާޓީތަކުގެ ގާނޫނު ނަމަވެސް ބަދަލުކުރަންޖެހޭ. މިއީ ދެރަ ހިތާމަހުރިކަމެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: