ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި

މާލޭގެ މޭޔަރާއި، ކައުންސިލަށް އިންތިހާބުވި މެންބަރުން ހުވާ ކުރެއްވުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރުކަމާއި ތިން ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީޕީގެ ކެންޑިޑޭޓު އާދަމް އާޒިމާއި ކައުންސިލަށް އިންތިހާބުވި ތިން މެމްބަރުން މަގާމުގެ ހުވާކުރައްވައިފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، އާޒިމާއި ކައުންސިލް މެމްބަރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އާޒިމްގެ އިތުރުން މިއަދު މަގާމާއި ހަވާލުވީ ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ކާމިޔަބު ކުރި ޕީއެންސީގެ ކެންޑިޑޭޓު އާމިނަތު ރިޝްފާއާއި މާފަންނު ދެކެނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން ނިޒާމްގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި އިންތިހާބު ކާމިޔާބުކޮށް މިރޭ ޕީއެންސީއަށް ސޮއި ކުރި މެދުހެންވޭރު ދާއިރާގެ މެމްބަރު އަހުމަދު ރިޝްވާނެވެ.

މާލޭގެ މޭޔަރުކަމުގެ ގޮނޑި ހުސްވެފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ.

ކުރިޔަށް ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮތްއިރު، ބައެއް ކައުންސިލް މެމްބަރުން މަޖިލީހަށް ވާދަކުރައްވާނެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.

މާލެ ސިޓީ ކައުންސިލްގައި ތިއްބަވާ 19 މެމްބަރުންގެ ތެރެއިން، ދާދިފަހުން ޑިމޮކްރެޓްސްގެ މެމްބަރަކާއި އެމްޑީޕީގެ މެމްބަރެއް ސަރުކާރާއި ގުޅިވަޑައިގެންފައި ވެއެވެ. މީގެ ކުރިން ވެސް ކައުންސިލްގެ މެޖޯރިޓީއެއް އޮތީ ޕީޕީއެމް/ޕީއެންސީއަށެވެ. މިހާރު އެ ކޯލިޝަނަށް ނިސްބަތްވާ 13 މެމްބަރަކު ކައުންސިލްގައި އެބަތިއްބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: