ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ރައްޔިތުން ބޯހިޔާވަހިކަން ބޭނުން ވަނީ ބްރިޖަކުން ގުޅުވާލެވޭނެ ސަރަހައްދުތަކުން: އާޒިމް

މޭޔަރާއި، ކައުންސިލް މެމްބަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުން ބޯހިޔާވަހިކަން ބޭނުން ވަނީ ބްރިޖަކުން ގުޅުވާލޭނެ ސަރަހައްދުތަކުންކަމަށް މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މަގާމާއި ހަވާލުވެ އެންމެ ފުރަތަމަ ވެސް އާޒިމް ވަނީ، އޭނާއަށް ވޯޓު ދެއްވި އަދި އެ މަގާމަށް ގާބިލުކަމަށް ގަބޫލު ކުރެވޭތީ އެ ޒިންމާ ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން، ރައްޔިތުންނަށް ހިދުމަތް ދިނުން ހަރުދަނާކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ވޭތުވެ ދިޔަ އެކި އަހަރުގެ ތެރޭގައި މި ނިޒާމަށް އައި ބަދަލުތަކަކީ އިންގިލާބީ ބަދަލުތަކެއްކަމަށް އާޒިމް ވިދާޅުވި އެވެ.

އެއަށް ފަހު އާޒިމް ވަނީ މިދިޔަ ދެ އަހަރު މާލޭގެ މޭޔަރުކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވިދާޅުވީ އޭނާ ގަބޫލު ކުރާ ހިތް އޮތީ ރައީސަށް މާލޭގެ ރައްޔިތުންގެ ޝަކުވާތަކާއި، ކަންބޮޑުވުންތައް އެނގޭނެކަމަށެވެ.

ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި، މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން އެއީ ގާނޫނުއަސާސީގެ 8 ވަނަ ބާބު ކަމަށެވެ. އަދި ގާނޫނުގައި ބުނާގޮތުގެ މަތީން ކައުންސިލްތައް އިންތިހާބުވުމަށް ފަހު ދެން ހިދުމަތް ދިނުމުގައި ފޯރުކޮށްދޭން ޖެހޭ އެހީތަކުގައި ސަރުކާރެއްގެ ރޯލު ބޮޑުކަމަށެވެ.

މިރޭގެ ޖަލްސާގައި އާޒިމް ވަނީ، މީގެ ކުރިން ކެމްޕެއިނުގައި ވެސް އޭނާ ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވައި މާލޭގެ އިހުތިސޯސްގެ ތެރެއަށް ހުޅުމާލެ ތިންވަނަ ފިޔަވަހި އަދި ގުޅީފަޅާއި ގިރާވަރުފަޅު ހިމަނައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ، ބްރިޖަކުން ގުޅުވާލެވޭނެ ސަރަހައްދުތަކުން ބޯހިޔާވަހިކަމުގެ ފުރުސަތުތައް ލިބެން ކަމަށެވެ. އެކަން ސަރުކާރުން ފަހިކޮށްދެއްވުމަކީ އެއީ ރައްޔިތުންގެ ހިތަށް ލިބިގެންދާނެ ފިނިކަމެއްކަމަށާއި، ގްރޭޓާ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ދަށުން އެމްޑީޕީން ގެންގުޅުނު ވިސްނުން ވެސް ތަންފީޒުކޮށްދެއްވަން އާޒިމް އެދިވަޑައިގެންނެވި އެވެ.

މާލޭގެ މޭޔަރެއްގެ ގޮތުގައި ދެއްވި ފުރަތަމަ ބަސްތީގަތުމުގައި އާޒިމް ވިދާޅުވީ، މާލޭގެ މީހުން ބޭނުން ވަނީ ބޯހިޔާވަހިކަމަށް ރަނގަޅު ސިޔާސަތުތަކެއް ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: