ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ – ރަސްމާލެ ކަނޑު އަޑީގެ ރޭލު ޓަނަލަކުން ގުޅުވާލެވޭނެ: ރައީސް

މޭޔަރާއި، ކައުންސިލް މެމްބަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއާއި ރަސްމާލެ ކަނޑު އަޑީގެ ރޭލު ޓަނަލަކުން ގުޅުވާލުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރާއި، ކައުންސިލްކަމަށް އިންތިހާބުވި މެމްބަރުން މަގާމުގެ ހުވާ ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ބޯހިޔާވަހިކަމާއި ގުޅުން ހުރި ސިޔާސަތުތަކުގެ ބައެއް މައުލޫމާތުތައް ހާމަކުރައްވާފަ އެވެ. އެގޮތުން މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ރަސްމާލެ ގުޅުވާލުމުގެ ގޮތުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ކުރެވޭނެ ފެންވަރުގެ، ގާބިލު ކުންފުނިތަކާއި ވާހަކަ ދެކެވި މަޝްވާރާތައް ވެސް ކުރިޔަށް ދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ މުޅި ދުނިޔޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރެވޭ އަންޑަ ވޯޓާރ ޓަނަލް މާލެއިން ރަސްމާލެއަށް ގުޅުވާލުމަށް ކުރާ މަސައްކަތް ވެގެން ދާނީ ކަނޑުގެ އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނާނެ ޕްރޮޖެކްޓަކަށްކަމަށެވެ.

މިތަން ވެގެން ދާނީ ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުގެ އަޑި ފެންނަ، ދުނިޔޭގެ ފުރަތަމަ ޓަނަލްއަށް.. އެތައް މިލިއަން ފަތުރުވެރިންނެއް އިތުރުވެގެން ދާނެ.. އަޅުގަނޑުމެން ގެންދާނީ ފޭރާން ހެޔޮވަރު ސިޔާސަތެއް

ރަސްމާލެގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކައި ކުރިޔަށް ގެންދާ މަޝްރޫއުއަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އިގްތިސާދީ ޕްރޮޖެކްޓެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ފާހަގަކުރެވޭ މި ޕްރޮޖެކްޓުގެ ދަށުން ރަސްމާލެ ހިއްކަން ފަށާފައިވާއިރު ދާދިފަހުން އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރަސްމާލޭގެ މުނިސިޕަލް ހިދުމަތްތަކުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ރައީސްގެ އަމާޒަކީ ރަސްމާލެ ޕްރޮޖެކްޓު އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުމެވެ.

ޓަނަލްގެ ޕްރޮޖެކްޓުގެ ބައެއް ތަފްސީލުތައް ދެއްވައި ރައީސް އިތުރަށް ވިދާޅުވީ، މިއީ ކާމިޔާބުވާނެ ޕްރޮޖެކްޓެއްގެ ގޮތުގައި ޔަގީނަށް ދަންނަވާ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެސް ބްރިޖުތައް އެޅުމުގެ މަޝްރޫއުތައް ކުރިޔަށް ދާނެކަމަށެވެ.

ވަރަށް ގަދަ
18%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 9%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: