ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ފައިދާ ހުރި އެއްވެސްކަމެއްގެ ހުރަހަކަށް ނުވާނަން: އާޒިމް

މާލޭގެ އާ މޭޔަރު އާދަމް އާޒިމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރެއިން ސަރުކާރުން ދޭ އެއްވެސް ހިދުމަތެއްގެ ހުރަހަކަށް ނުވާނެކަމަށް މާލޭގެ މޭޔަރުކަމާއި ހަވާލުވެވަޑައިގެންނެވި އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މަގާމުގެ ހުވާކުރެއްވުމަށް ފަހު، މާލޭގެ މޭޔަރެއްގެ ހައިސިއްޔަތުން އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތްތަކުގައި އޭނާގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ އޭނާ މަގާމަށް އައި މެނިފެސްޓޯއެއް ރައްޔިތުންނާއި ހަމައަށް ގެނެސްދީގެންކަމަށާއި، އެކަންކަން ތަންފީޒު ކުރުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވޭނީ ކައުންސިލާއި ސަރުކާރު އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.

މިރޭ އާޒިމް ދެއްވީ ސަރުކާރާއި އެކު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެމިހުންނާނެކަމުގެ ޔަގީންކަމެވެ. އަދި ވިދާޅުވީ މުވައްސަސާތަކަށް ވެސް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ތަރުތީބުވެފައި އޮންނަ ގޮތަށް ބަލައި، ސަރުކާރުން ބޭނުންވާ އެއްބާރުލުން ލިބޭނެކަމުގެ އުންމީދު ކުރައްވާކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނު ދަންމަ ހަމައިގެ ތެރެއިން މަސައްކަތް ކުރުމަށް ބޭނުން ވަނީ ސަރުކާރަށާއި ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް އިހުތިސޯސްގެ ތެރެއިން ދެވެން ހުރި އެއްބާރުލުން ދެއްވައިގެންކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކައުންސިލުގެ ސަބަބުން، ނުވަތަ ކައުންސިލްގެ ފަރާތުން ދިމާވެދާނެ ދަތިކަމެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށާއި އޭގެ ސަބަބަކީ ކޮންމެ ބަޔަކު ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ނިކުންނަނީ އެއް މަގްސަދެއްގައިކަމަށް ވީތީ ކަމަށެވެ.

އަޅުގަނޑަކީ ސީދާ ރައްޔިތުންގެ ހިދުމަތުގައި ހުރި މީހެއް.. އަޅުގަނޑަކީ މިއީ އެންމެން މޭޔަރުކަން އަޅުގަނޑު އަބަދުވެސް ހަނދާން ކުރާނަން..

އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ތެރެއިން، މާލެ ސިޓީ ކައުންސިލަކީ ފަސޭހައިން ހިދުމަތް ލިބޭ ތަނަކަށް ހައްދަވާނެކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މާލެއަކީ ފެހި ތަނަފަސް ސިޓީއަކަށްވުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް އާޒިމް ވިދާޅުވި އެވެ.

ކެމްޕެއިންގެ ތެރޭގައި އާޒިމް އެންމެ ބޮޑަށް ވާކާލާތު ކުރެއްވީ ރަސްމާލެ ޕްރޮޖެކްޓުގެ ބަދަލުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތު ތަންފީޒު ކުރުމަށެވެ. އެކަން މިރޭ ވެސް ތަކުރާރު ކުރައްވައި އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން ބޯހިޔާވަހިކަން ބޭނުން ވަނީ ބްރިޖަކުން ގުޅުވާލެވޭނެ ސަރަހައްދުތަކުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: