ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އެ އަތޮޅުތަކަށް ދެނީ!

މާލޭ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމުގެ ވިސްނުމާއި އެކު، މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅު ކައުންސިލްތަކަށް ކުރިޔަށް އޮތްތަނުގައި ލިބޭ ގޮތް ހައްދަވާ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރާއި ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ރައީސް ވަނީ ކައުންސިލްތައް ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ކައުންސިލްތައް ފުރިހަމަ މާނައިގައި ބާރުވެރިކުރުވައި، މަސައްކަތް ކުރުމުގެ ފުރުސަތު ދެވެން ޖެހޭކަމަށާއި އެމަނިކުފާނު ވެރިކަމާއި ހަވާލުވުމަށް ފަހު އެ ދާއިރާގެ ތެރެއަށް އިސްކަމެއް ވެސް ދެއްވާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމުގައި، އެންމަނިކުފާނަށް ފާހަގަކުރެވުނު އެއްކަމަކީ މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އެ އަތޮޅު ކައުންސިލްތަކަށް ނުލިބުން ކަމަށެވެ. އެހެންކަމުން އެކަމަށް މަޝްވަރާ ކުރުމަށް ފަހު ކުރިޔަށް އޮތްތަނުގައި އަތޮޅު ކައުންސިލްތަކުން ލިބޭ ފައިސާ އެ އަތޮޅަކާއި ސަރުކާރުން ހަވާލު ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މިރޭގެ ޖަލްސާގައި ރައީސް ވަނީ ރަށުގެ އިހުތިސާސުން ބޭރު ފަޅުރަށްތައް ވެސް ރަށު ފެންވަރުގައި އާންމު ރައްޔިތުން ކުރާ މަސައްކަތަށް ކައުންސިލަށް ބޭނުން ކުރެވޭ ގޮތަށް ސަރުކާރުން ބަދަލު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. މި އުސޫލުގެ ތެރެއިން ރައްޔިތުންނަށް ފައިދާވާ އިގްތިސާދީ މަސައްކަތްތަކުގެ ތެރެއިން، އާމްދަނީ ހޯދޭނެ މަގު މިހާރު ފަހިވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އުސޫލުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ވެސް އާމްދަނީ ހޯދުމުގެ ފުރުސަތު ލިބިގެންވާކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: