ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ މޮޅެތި ވާހަކަ، ރައީސް މުއިއްޒަށް ހާސިލު ކުރެވުނުކަމެއް ނެތް: ޖަމީލު

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު މޮޅެތި ވާހަކަތައް ދައްކަވަމުން ގެންދެވިނަމަވެސް އަދިވެސް އެއްވެސް ހަގީގީ ކާމިޔާބީއެއް ހާސިލުކުރެވިފައިނުވާކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މާލެ އާއި ރަސްމާލެ ކަނޑުއަޑީގެ ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތްތައް ކުރުމަށް ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާނުކުރެއްވުމާއެކު ޖަމީލުވަނީ އެމަނިކުފާނުގެ ވިސްނުމަށް ފާޑުވިދާޅުވެފައެވެ. ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒު ބޮޑެތި މޮޅެތި ވާހަކަތަކެއް ދެއްކެވި ނަމަވެސް ވެވަޑައިގެންފައިވާ އެތައް ސަތޭކަ ވައުދެއް ފުއްދުމުގައި އެއްވެސް ހަގީގީ ކާމިޔާބެއް ހާސިލުކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ވައުދުތަކަށް ބަލާއިރު، އެމަނިކުފާނުގެ އެންމެ މައި އެއް ވައުދުކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކުރެއްވުމަށް ވެވަޑައިގެންނެވި ވައުދު ފުއްދިފައިނުވާކަމަށެވެ. ޖަމީލު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހަންގާކުރާކަމަށް ބުނެ ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކުގެ ސަބަބުން އަވައްޓެރި ގައުމުތަކުގެ ދެމެދުގެ ގުޅުން ހީނަރުވެފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ޕާޓީގެ ގްރާސްރޫޓު މިހާރު ދެކޮޅަށް މަސައްކަތްކުރަމުންދާކަމަށާއި ސަބަބަކީ ސުވާލު އުފެދޭ ފަދަ ގޮތަކަށް އެތައް ސަަޕޯޓަރުންނެއް މަޖިލީހުގެ ޕްރައިމަރީއިން ޑިސްކޮލިފައިކުރުންކަމަށް ހިއްސާކުރެއްވިއެވެ.

އެހްނަނަމެސް އެ މައްސަލަ ހޫނުވެގެންދިއުމުން މަޖުބޫރީ ހާލަތުގައި އެމަނިކުފާނު ވަނީ އެ ނިންމެވުން އަނބުރާ ގެންދަވާފައިނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނު ބޭނުންވާ ކެންޑިޑޭޓަކީ ކޮބައިކަން ޕާޓީގެ މެމްބަރުންނާއި ހިއްސާކުރަމުންކަމަށް ފާހަގަކުރެއްވިއެވެ. ޖަމީލު ވިދާޅުވީ، ރާއްޖެއަކީ އިގްތިސާދީ ބޮޑެތި މައްސަލަތަކާއި އިންފްލޭޝަންގެ މައްސަލަަވެސް ކުރިމަތިވެފައިވާ ގައުމެއްކަމަށްވާއިރު ދަރަނީގެ މައްސަލަވެސް އިންތިހާ ގޯސްވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ޙާލަތުގައި ގައުމު އޮތް އިރު ރައީސް މުއިއްޒުވަނީ އެއްވެސް ސަބަބެއް އަދި ބޭނުމެއް ނެތް އިރު ފެނު އަޑީގައި މެގަ ޓަނަލް އެއް އުޅުމަށް ނިންމާފައިކަަމށް ފާހަަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ގިނަ ފަރާތްތަކުން ކަންބޮޑުވެފައިވާކަމަށްވެސް ހިއްސާކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ، ކަންބޮޑުވެފައިވަނީ އަމިއްލަ މީހާ ބޮޑު މީހެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރާ ހެޔޮނުބައި ނުވިސްނޭ މީހަކު ރައީސްގެ މަގާމަށް އައްޔަނުކުރެވިފައިވާކަމާއިމެދު ސުވާލު އުފެދިފައިވާކަމަށްވުމުންކަަމަށެވެ. އޭނާ ވިދާޅުވީ، ކަންބޮޑުވެފައިވަނީ ރައްޔިތުން އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެވިފައިނުވާ ގައުމެއްގައި ގައުމުގެ އިގްތިސާދީ ހާލަތާއި ޖުމުލަ ހާލަތުވެސް ފަހުމް ނުވާ ރައީސަކު އައްޔަނުކުރެވިފައިވާކަމާއިމެދު ސުވާލުކުރެވެމުންދިއުމާއިއެކުކަަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: