ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް – އެމްޑީޕީ ދެމެދު ކުރިޔަށް ގެންދިޔައީ ނުރަސްމީ ބައްދަލުވުމެއް: ހަސަން ލަތީފް

އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީ ދެމެދު މަޝްވަރާތައް ކުރިޔަށް ގެންދިއުން/ ފޮޓޯ: ފޮޓޯ: ސޯޝަލް މީޑީޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރުމަށް އެކުގައި މަސައްކަތް ކުރެވިދާނެކަމަށް ވާހަކަތައް ދެކެވިފައިވަނިކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީ ދެމެދު މަޝްވަރާތައް ކުރިޔަށް ގެންގޮސްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވެ އުފެދުނު މައްސަލަތަކަށް ފަހު ޒާތީ ގޮތުން ވެސް ބަހުގެ ހަމަލާތައް ރައްދުކޮށް ޕާޓީ އެއްކޮށް ބައިބައިވެގެން ދިޔަ އެވެ. ދެ ފެކްޝަނަކަށް ޕާޓީގެ ތެރޭގައި މަސައްކަތް ކުރުމަށް ފަހު، ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް މެމްބަރުން ރައީސް ސޯލިހުގެ ސަރުކާރަށް އެންމެ ބޮޑަށް ކުރި ތުހުމަތަކީ ޕާޓީގެ ތެރެއިން ބާރުވެރިކަން ނެގުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި އެމްޑީޕީގެ އަސާސްތަކާއި އެއްކޮށް ދުރަށް ޖެހި، ކޮރަޕްޝަނާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން އިތުރުވެފައިވާކަމަށް ބުންޏެވެ.

ރިޔާސީ އިންތިހާބަށް ޓިކެޓު ހޯދުމަށް ރައީސް ނަޝީދު ވާހަކަ ކުރުމުން، އިންތިހާބު ގެއްލުމުން ދެން އެ ޕާޓީ ދޫކޮށް މެމްބަރުން މަސައްކަތް ފެށީ “ފިކުރެއްގެ ދިރުން” ގެ ނަމުގަ އެވެ. އަދި ޑިމޮކްރެޓްސް ޕާޓީ އުފައްދައި ރިޔާސީ އިންތިހާބުގައި ވާދަކުރި އެވެ. އޭރުވެސް މެމްބަރުން ބުނަމުން ދިޔައީ، ވެރިކަން ހޯދުމަށް ވުރެ އެ ޕާޓީއަށް މުހިންމީ ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުންކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ހަތް އިންސައްތައާއި އެކު، ތިންވަނައަށް ދިޔަ ޑިމޮކްރެޓްސް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރި ނަމަވެސް އެބޭފުޅުން ބޭނުންވީ ސަރުކާރު ބަދަލު ކުރުމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވުން އޮންނާނެކަމަށް ބުނެ އެކި ފަހަރުމަތީން ވާހަކަ ދެއްކެވިނަމަވެސް އެބޭފުޅުމަށް ސަރުކާރުގެ ހިއްސާއެއް ލިބފައި ނުވެ އެވެ.

އޭގެ ފަހުން ސަރުކާރަށް މިވީ ދޮޅު މަހެއްގެ ތެރޭގައި، ޑިމޮކްރެޓްސްގެ އަޑު ވަރަށް ބޮޑަށް ފަނޑުވެފައިވާއިރު އަނެއްކާވެސް ވަނީ ރައީސަށް ފާޑުކިއުން އަމާޒު ކުރަން ފަށާފަ އެވެ. ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެންކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެފައި ވަނިކޮށް އިއްޔެގެ ވަގުތެއްގައި އެމްޑީޕީއާއި، ޑިމޮކްރެޓްސް ބައެއް ބޭފުޅުން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ތިއްބެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްގެ އިތުރުން ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި ޕާޓީގެ ރައީސް ހަސަން ލަތީފާއި، ޕީޖީ ލީޑަރު އަލީ އާޒިމާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް “ސަންގު” އަށް ވިދާޅުވީ ވާހަކަ ދެކެވުނީ ނުރަސްމީ ގޮތެއްގައިކަމަށާއި އެ ޕާޓީން އިތުރު އެހެން އެއްވެސް ސިޔާސީ ބަޔަކާއި އެކު ރަސްމީ ގޮތުން މަޝްވަރާތަކެއް ކުރިޔަށް ނުގެންދާ ކަމަށެވެ. އެމްޑީޕީ – ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރަން ޖެހޭކަމަށް ބައެއް ބޭފުޅުން ވިދާޅުވިކަމަށް ފާހަގަކުރުމުން ހަސަން ވިދާޅުވީ އެކުގައި މަސައްކަތް ކުރެވެން ހުރީ ކޮން ގޮތްތަކުންތޯ ބަލައި އެކަމަށް އަބަދުވެސް ޕާޓީން މަރުހަބާ ކިޔާނެ ކަމަށެވެ. ހާއްސަކޮށް ފިކުރު އެއްގޮތް، އެއް މިސްރާބަކަށް މަސައްކަތް ކުރާނަމަ އެކުމުގައި މައްސަލައެއް ނެތްކަމަށް ހަސަން ފާހަގަކުރެއްވި އެވެ.

ހަސަން ވަނީ އެމްޑީޕީއާއި ގުޅިގެން ކުރިޔަށް ދިއުމުގެ އެއްވެސް ރަސްމީ މަޝްވަރާއެއް ނުދާކަން ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިޔަށް އޮތް އިރު، ޑިމޮކްރެޓްސް ވަނީ ޕާޓީގެ ޕްރައިމެރީއަށް އިއުލާނުކޮށްފަ އެވެ. އަދި އެމްޑީޕީގެ ވެސް ޕްރައިމެރީ ތާރީހަށް ބަދަލު ގެނެސް، ބައެއް ދާއިރާތަކަށް ޕްރައިމެރީއަކާއި ނުލައި ވަނީ ޓިކެޓު ހަވާލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: