ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް ބޭރުގެ 30 ފަރާތަކަށް އީސީން ދައުވަތުދީފި

ވަގުތު އިމޭޖެސް: އަހްމަދު އިޒްމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ 30 ފަރާތަކަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ދައުވަތު ފޮނުވަންފަށާފައި ވާކަމަށް އީސީ އިން ބުނެފިއެވެ.

ދަރުބާރު ގޭގެ ހިރިޔާ މާލަމުގައި މަޖިލިސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލައިފައި ވާ ކަމަށެވެ. އެހެންކަމުން ޖެނުއަރީ މަހުގެ 27 ގެ ނިޔަލަށް އެ ފުރުސަތު ބޭރުގެ އިބްޒާވަރުންނަށް ހުޅުވާލައިފައި ވާކަމަށާއި އަދި އީސީ އިން ހާއްސަ ދައުވަތެއް ފޮނުވާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ބޭރުގެ އޮބްޒާވަރުނަގެ ތެރެއިން 10 ބޭފުޅުންނަކީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ހޮވާލެވޭނެ ބޭފުޅުން ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި މި އިންތިހހާބު އޮބްޒާވްކުރުމަށް ބޭނުންވާ ހުރިހާފަރާތް ތަކަށް އެފުރުސަތު އޮތް ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ޝަރުތު ފުރިހަމަވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްފަހު ރާއްޖެ ވަޑައިގެން އޮބްޒާވްކުރުމުގެ ފުރުސަތު ހުވާލާފައިވާކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ 10 ގައުމަކުން 20 ބޭފުޅުންނަށް ހާއްސަ ދައުވަތު އަރުވަން ކަމަށާއި އަދި ބައިނަލް އަގުވާމީ 5 ޖަމާއަތަކުން 10 ބޭފުޅުން ހިމެނޭހެން 30 ބޭފުޅުންނަށް އެ ދައުވަތު ފޮނުވުމަށް ކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ އެ 10 ބޭފުޅުން ހޮވުމަށްޓަކައި އީސީން އާންމުކޮށް އިއުލާންކޮށްގެން އެކަމަށް އެދިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ކޮމިޝަނުން ބަލައި ދިހަ ބޭފުޅުން ހޮވާނެ ކަމަށެވެ.

އީސީގެ ހާއްސަ ދައުވަތު ލިބޭ ގައުމުރަކުގެ ތެރޭގައި ސައުތު ކޮރެއާ، ޖަޕާން، އޮސްޓްރޭލިއާ، ފިލިޕިންސް، ކެމްބޯޑިއާ އަދި އިންޑިއާ ވެސް ހިމެނެއެވެ. މާރޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވޯޓްލާ ގަޑި އީސީން ކަނޑައަޅާފައިވަނީ ހެނދުނު 9:00 އަކުން ހަވީރު 17:00 އާއި ހަމައަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: