ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ 600 މުވައްޒަފުން މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންނަން ނިންމައިފި

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ މުނިސްޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލްގެ ދަށަށްް ބަދަލުކުރުމުން އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 600 މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރަން އެ ކައުންސިލުން ނިންމައިފިއެވެ.

ހުޅުމާލޭ މުނިސްޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި ސިޓީ ކައުންސިލްގެ ބޭފުޅުން މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރައްވާ ވިދާޅުވީ އެޗްޑީސީގެ މުވައްޒަފުން އެ ކައުންސިލަށް ބަދަލުކުރަން ނިންމާފައިވަނީ ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ.

ސިޓީ ކައުންސިލްގެ ދަށަށް އެޗްޑީސީގެ މުވައްޒަފުން ބަދަލުކުރި ނަމަވެސް އެ މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރަ ކުޑަނުވާނެ ކަމުގެ ޔަގީންކަން ރައިސް ވަނީ ދެއްވާފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގެ މުނިސްޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލާއި ހާވާލު ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވެފައިވާއިރު ރަސްމީކޮށް މާލެ ސިޓީ ކައުންސިލުން އެ ހިދުމަތް ފަށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މުނިސްޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ ހިދުމަތް ފޯރުކޮށްދެއްމުންދާ މުވައްޒަފުންނާއި މުނިސްޕަލްގެ ހިދުމަތްތަކާއި ގުޅޭގޮތުން ތަރައްގީކޮށްފައިވާ ބިންތަކާއި އިމާރާތްތަކާއި، އެކަމާ ގުޅޭ ވެހިކަލްތަކާއި، ޓޫލްސް އަދި އިކުއިޕްމެންޓުތައް މާލެ ސިޓީ ކައުންސިލް އާއި ހިއްސާ ކުރުމަށް ވަނީ އެއްބަސްވެފައި ވެއެވެ.

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާނެ ވޯކް ސައިޓް އަދި އޮފީސް ސްޕޭސް އެއްއަހަރު ދުވަހުގެ މުއްދަތައް އެ ކައުންސިލުން އަގެއް ނެގުމަކާއި ނުލައި ޝެއާޑް ބޭސިސްއެއްގައި އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލުން ބޭނުންކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: