ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިނގިލީގައި ހޯއްގޮވާ ކެއްސުން ޖެހިފައިވާ ތިން ކުއްޖެއް ފެނިއްޖެ

ގއ. ވިލިނގިލި.
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ވިލިނިގިލިގައި ޕަޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުމުގެ ބައްޔަށް ތިން ކުޑަކުއްޖެއް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، މި ބަލިން ރައްކާތެރިވުމަށް ގަވައިދުން ވެކްސިން ދެމުންދާތީ މިއީ ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ކަމަށެވެ. އެކަމަކު މި ބަލީގެ ކޭސްތައް ވަރަށް މަދުން ނަމަވެސް ފެންނަކަމަށާއި، ވިލިނގިލީގައި ތިން ކޭސްއެއް ފާހަގަކުރެވުމާއި އެކު އެލާޓަށް އައިސް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި އެޗްޕީއޭއިން ބުނެފައި ވަނީ، ގއ. އަތޮޅު ހޮސްޕިޓަލާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމާއި އޭގެ ތެރެއިން ދެނެގަނެވޭ މީހުންގެ ތެރޭގައި އަހަރު ނުވާ ކުދިންނާއި މާބަނޑު މީހުން ހިމެނޭނަމަ ޕްރޮފައިލެކްސިން ދިނުން ކަމަށެވެ. އަދި އެ މީހުންގެ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ޓެސްޓު ކުރާނެކަމަށް ވެސް ވެއެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައި ވަނީ ގއ. އަތޮޅު ހޮސްޕިޓަލްގައި ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލާފައިވާކަމަށެވެ.

ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ޖެހޭ މި ބަލީގެ ފުރަތަމަ އަލާމަތަކީ އާންމު ރޯގާއެވެ. އަދި ހަފްތާއަކަށް ފަހު ކެއްސުމާއި، ކެއްސުން ދިގުލައިގެން ގޮސް ދިމާވާ އެހެނިހެން ސިއްހީ މައްސަލަތައް ހުރެއެވެ. ކުޑަކުދިންނަށް މި ނޫން ވެސް އެކި އަލާމާތްތައް ހުންނާނެކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަންޑަރވޯޓާ ޓަނަލްއާ، ބުނާކޮންމެ މީހަކަށް ފުލެޓާ މިހެންގޮސް ލެއްވި ހުރިހާ އެއްޗެއް ހިލޭ ދިނުމިގެ ކުރިން އެންމެ ބޭނުން ޖެހިފަ ހުރިހާ ގޮތަކުން ވެސް އެންމެ ފަހަތުގަ އޮތް ސިއްހީދާއިރާއަށް މިހާބޮޑު ފޯކަސްއެއް ނުދެނީ ކީއްވެބާއޭ ހިތަށްއަރާ. އެ ދާއިރާ ކުރިއަށް ގެންދަން ޖެހެޖީ މެޑިކަލް މާފިޔާއިން އަންގާގޮތަށް ކަމަށް ވެދާނެ، ގިނަ ރަށްރަށުގެ ބޭސިކް ހެލްތުކެއާއަށް ބޭނުންވާ ސާމާނު ނެތް ރަގަނޅު ޑޮކްޓަރުން ނެތް، ޗައިނާއަށް ގޮސް ހުރިހާ ކަމަކަށް ސަލާން ޖެހިއިރު ކޮންމެ ޒޯންއެއްގަ ބާއްވަން ޕުލޯޓިން ހޮސްޕިޓަލްއަށް ނޭދުނީކީއްވެ. ފްލޯޓިން ވީމަ އަބަދު ވެސް އެންމެބޭނުން ޖެހޭދިމާއަށް ގެންދެވޭނެ، ރާއްޖެކަހަލަ ތަނަކަށް ވަރަށް އެކަށީގެންވޭ، ދެން ކޮންކުރީޓުން ކޮންމެ ހިސާބެއްގަ ހޮސްޕިޓަލް އަޅަން އުޅެތާ މިހާރު ވެއްޖެ 15އަހަރު އަދި އެންމެ ޓާސަރީ ހޮސްޕިޓަލްއެއް ވެސް މާލެއިން ބޭރުގަ އެޅޭވަރެއް ނުވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: