ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔާދަށް ދައުވާ ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު ދައުލަތުން އަނބުރާ ގެންގޮސްފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު/ ފޮޓޯ : އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ކުރި ތުހުމަތުތަކުގެ ދައުވާގެ ކުށް ސާބިތުނުވާކަމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށްފަހު އެ މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޒިޔާދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އެންޓި ކޮރަޕްޝަންގެ ތަހުގީގަށް ސާބިތުވުމުންނެވެ. ހިޔާނާތަށް މަގުފައިވާ ގޮތަށް އަމަލު ކުރިކަަމަށް ބުނާ މި މައްސަލައިގައި ޒިޔާދާއި އެކު އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުރި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލި އެވެ. މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޒިޔާދާއި ސައީދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

އެހެންވެ، އެ ނިންމުމާއި މެދު ހިތްހަމަނުޖެހޭތީ ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރީ އެވެ. އަދި ޝަރީއަތްތައް ފަށައިގެން ކުރިޔަށް ދަނިކޮށް ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ރިވިއުކޮށް އިތުރަށް އިސްތިއުނާފު ކުރިޔަށް ނުގެންދަން ނިންމައި އެކަން ހައިކޯޓަށް އަންގާފަ އެވެ.

ޒިޔާދުގެ މައްޗަށް ޝަރީއަތް ހިންގަން ފެށިއިރު އޭނާ ހުންނެވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް ފަހު ސިޔާސީ ކަންކަމާ ދުރުގަ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އޭނާ އިސްކޮށް އުޅުއްވިތަން ފެނިފައިވެއެވެ. އަދި ޓްރާންސިޝަނަލް މުއްދަތުގައި ކުރިޔަށް ގެންދިޔަ ބައެއް މަސައްކަތްތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ އުފުލީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކުރިކަމަށް ބުނެ އެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި ޒިކުރާ މިސްކިތުގެ މައްސަލާގައި ނާޖާއިދު ފައިދާއެއް ހޯދަން މަސައްކަތް ކޮށްދީފައިވާ މައްސަލައާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: