ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތައް އެޅުމަށް މާލޭގައި ހުރި ބިމުގެ ދަތިކަން ރަސްމާލެ ތަރައްގީވުމުން ހައްލުވާނެ: ޑރ ޝަހީމް

އައިއޯސީސީގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ ފޮޓޯ: ނާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތައް އެޅުމަށް މާލޭގައި ބިމުގެ ދަތިތައް އެބަހުރިކަމަށާއި، ރަސްމާލެ ތަރައްގީވުމުން މި މައްސަލައަށް ހައްލު ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހިލޭ އެހީގެ ދަށުން މިސްކިތްތަށް އިމާރާތް ކުރުމަށް އެދޭ ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. މިއީ ވަރަށް މާތްކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާ ޑރ ޝަހީމް ވަނީ މިކަމުގެ މުހިންމުކަން ހިއްސާ ކުރައްވާފައެވެ.

އިތުރަށް ވާހަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފޭސް 2 ގައި އަޅާ ހުރިހާ މިސްކިތްތަކެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި  1،500 މީހުންގެ ދާއިމީ މިސްކިތް މި ރޯދައަށް ނިމިގެންދާނެކަމަށް ވިދާޅުވިއެވެ. މިއީ ދަމު ނަމާދާއި، ތަރާވީހު ނަމާދުވެސް ކުރެވޭނެ މިސްކިތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިސްކިތްތަކާއި ގުޅިގެން ކުރާ މަސައްކަތުގައި އާންމު ފަރުދުންގެ މެދުގައި ދީނީ ކަންތައްތަކަށް އޮތް ލޯބި ދައްކުވައިދޭކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އަޅާފައިވާ ރީތި ބޮޑެތި މިސްކިތްތަކަކީ އަމިއްލަ ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިތަކުން ބިނާކޮށްފައިވާ ތަންތަންކަމަށެވެ. މިފަދަ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިލްތިމާސް ކުރެއްވީ ތަނަވަސްކަން ހުރި މީހުން އެ ފައިސާ ރާއްޖެއިން ބޭރަށް ހަރަރަދުނުކޮށް، ގައުމުގެ ތަނަވަސްކަމަށް ހަރަދުކުރުމަށެވެ. ނަމަވެސް އިންސާނީ ދަތި ހާލަތު މެދުވެރިވާ ހިނދު ބޭރުގެ ފަރާރްތަކާއި މުސްލިމުން އަޚުންނަށް އެހީވުމަކީ ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.

ހެޔޮ ކަންކަމަށް ހޭދަރުމުގެ ސިފަ މުޖުތަމައުގައި އެބަހުރިކަމަށާއި، ޖަމިއްޔާތަކުންވެސް މި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގެ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.

މިސްކިތްތައް އެޅުމަށް މާލޭގައި ބިމުގެ ދަތިތައް އެބަހުރިކަމަށް ފާހަގަކޮށް ޑރ ޝަހީމް ވިދާޅުވީ، ރަސް މާލެއަކީ އޭގެ ހައްލުކަމަށެވެ. ބިން ހިކުމުގެ މަޝްރޫއުތައް ކާމިޔާބުވެ، އާންމުންގެ ދިރިއުޅުން ރަނގަޅުވުމަކީ އުއްމީދުކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: