ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‎ރައީސް މައުމޫންގެ ސަރުކާރު ހަލާކު ކުރި މީހުން، އެމްޑީޕީ ކުރީ ސަފަށް ގެނައުން އެއީ ނަޝީދު ހެއްދެވި އެންމެ ބޮޑު ގޯސް: ޑރ. ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުގައި ހެދި އެންމެ ބޮޑު ގޯހަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރު ހަލާކު ކުރި މީހުން އެމްޑީޕީގެ ކުރީ ސަފަށް ގެނައުންކަމަށް  ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރު ހަލާކުކޮށް ކޮރަޕްޓުކުރި މީހުން 2008 އަށް ފަހު އެމްޑީޕީގެ ކުރީ ސަފަށް ގެނައުން އެއީ ރައީސް ނަޝީދު ހެއްދެވި އެންމެ ބޮޑު ގޯސްކަމަށެވެ.

މިއަދު ފެނިފެން ދަނީ އެކަމުގެ ހިތިކަންކަމަށާއި އެމީހުންގެ އަމަލާއި ސުލޫކާއި ކޮރަޕްޝަނަށް ބަދަލު ނާންނަކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑީއާރުޕީ ދޫކޮށް އެމްޑީޕީއާއި ގުޅި، އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުން ދަނީ ރައީސް ނަޝދާއި ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: