ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން އެމްޑީޕީ – ޑިމޮކްރެޓްސް އެއް މޭޒަކަށް؛ މަޖިލީހުގައި މަސައްކަތް ކުރާނީ އެއްކޮށް!

އެމްޑީޕީ އާއި ޑިމޮކްރެޓްސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީކޮށް، ޒިންމާދާރުކުރުވުމުގައި، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ޑޮމޮކްރެޓްސް ޕާޓީން ނިންމައިފި އެވެ.

ދެ ޕާޓީ ގުޅިގެން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ވައުދުތަކެއްވެ، އެއްވެސް ހަގީގަތެއް ނެތް މަންޒަރުތަކެއް ދައްކައިގެން ކަމަށެވެ. ފައްޔާޒް ވިދާޅުވީ ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި، ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ހިމެނޭހެން ވީ ވައުދުތަކަށް ވީގޮތެއް ނޭނގޭ ކަމަށެވެ.

ރާއްޖޭ ޚާރިޖީ ސިޔާސަތުތައް ޒަމާނުއްސުރެ ގެންގުޅެފައި ވަނީ ދުނިޔޭގެ ހުރިހާ ގައުމަކާއި ގުޅުން ބާއްވައިގެންކަމަށާއި، ހާއްސަ ގޮތެއްގައި އަވައްޓެރި ގައުމުތަކަށް ދިން ސަމާލުކަން ބޮޑުކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެ ގުޅުން އެގޮތަށް ދަމަހައްޓަމުން އައީ އެއީ ކާބަފައިން ވެސް ދެއްކެވި ރީތި އާދަކާދައަށްވުމުންކަމަށާއި އެކަމަކު މިދިޔަ ދޮޅު މަހެއްގެ ތެރޭގައި މުޅި އެ ގުޅުން އެއްކޮށް ހަރާބުވެގެން ގޮސްފައިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ މި އިންޑިއަން އޯޝަނަކީ، އެހާ ހާސްކަމެއް ނެތް ރީޖަންއެއް.. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ދިވެހިރާއްޖޭގެ ސިޔާސަތުތަކެއްގެ ސަބަބުން މި އިންޑިއަން އޯޝަންގެ ސެކިއުރިޓީއާއި ސްޓެބިލިޓީއަށް އަސަރު ކުރާކަހަލަ އަދި މި ރީޖަނުން ބޭރުން ދުނިޔެގޭ ބާރުގަދަ ބައެއްގެ ސަމާލުކަމެއް ގެނެސް، މިތަނުގެ ސްޓެބިލިޓީއަށް އަސަރު ކުރާނެކަހަލަ ކަންކަން ފެނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް

ފައްޔާޒް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި މެދު ވެސް ކަންބޮޑުވުންތައް ވެސް އެބައޮތްކަމަށެވެ. އަދި ސަރުކާރުން ބައެއް ކަންކަން ނުކޮށް ތިބި އެންމެ ބޮޑު ސަބަބެއްކަމަށް ބެލެވެނީ ފައްޔާޒް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީއެއް ނެތުމެވެ. އެހެންކަމުން ކުރިޔަށް އޮތް މަޖިލީހުގެ އިންތިހާބު ސަރުކާރަށް ކާމިޔާބުވެ، މެޖޯރިޓީ ލިބޭ ހާލަތެއްގައި އެކަމުގެ ނާޖާއިޒް ފައިދާ ނަގާނެކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަބަބުތަކާއި ހުރެ، ގައުމުގެ މުސްތަގުބަލާއި ޑިމޮކްރެޓިކް ހަމަތަކުގެ މަސައްކަތް ކުރުމަށް ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅިގެން މަޖިލިސް ތެރެއިން މަސައްކަތް ކުރުމަށް ނިމްމީކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
46%ވަރަށް ގަދަ 31%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 15%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: