ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ގޮނޑިތައް ދޫކުރުމުގެ އެއްބަސްވުމެއް ނެތް، މިއުޅެނީ ކައިވެންޏެއް ކުރާކަށް ނޫން: ފައްޔާޒް

ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއެކު/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެކުގައި މަސައްކަތް ކުރުމަށް އެއްބަވިނަމަވެސް ކުރިޔަށް އޮތް އިންތިހާބުގައި ގޮނޑިތައް ދޫކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ޑިމޮކްރެޓްސް އާއި އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތަކަށް ފަހު، ދެ ފެކްޝަނަކަށް ބެހި އެ ޕާޓީ ދޫކޮށް ދިޔަ މެމްބަރުން ޑިމޮކްރެޓްސް ޕާޓީ އުފެއްދީ 2023 ގެ ރިޔާސީ އިންތިހާބާއި ގާތްވެފައިވަނިކޮށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލު ކުރުމަށް، އެންމެ ބޮޑަށް މަސައްކަތް ކުރި ޑިމޮކްރެޓްސް ވަނީ އެމަނިކުފާނާއި ޕާޓީއަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއްކޮށްފަ އެވެ.

އެކުގައި މަސައްކަތް ނުކުރާނެކަމަށާއި، ބޭނުން ވަނީ “އިބޫ ނޫން ގޮތެއް” ކަމަށް ބުނުމަށް ފަހު، ކުއްލި ގޮތަކަށް އެމްޑީޕީ – ޑިމޮކްރެޓްސް ބައްދަލުވުމެއް ބޭއްވީ އިއްޔެގެ ވަގުތެއްގަ އެވެ. އެއީ ނުރަސްމީ ބައްދަލުވުމެއްކަމަށް ދެ ޕާޓީން ވެސް މީޑިއާތަކަށް ބުނުމަށް ފަހު މިއަދު ކުއްލިގޮތަކަށް އެކުގައި މީޑިއާތަކާއި ބައްދަލުކުރި އެވެ. އަދި މަޖިލީހުގެ ތެރޭގައި އެކުގައި މަސައްކަތް ކުރާނެކަމަށް ހާމަކުރި އެވެ.

ސަރުކާރު ޖަވާބުދާރީ ކުރުމަށާއި، ޒިންމާދާރު ކުރުވުމަށް މަޖިލީހުގައި މަސައްކަތް ކުރުމަށް ދެ ޕާޓީ އެއްބަސްވީއިރު ދައުރު ހަމަވާން މިވަނީ ގާތްވެފަ އެވެ. އަދި މާޗު މަހު މަޖިލީސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ސިޔާސީ ޕާޓީތައް ކުރާ މިފަދަ މަޝްވަރާތަކުގައި ބައެއް ދާއިރާގެ ގޮނޑިތައް ދޫކޮށްލަން ނިންމައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔައިރު މީޑިއާތަކަށް މައުލޫމާތު ދެއްވާ މޭޒުގައި ތިއްބެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ވެރިކަމަށް އައުމަށް މި ސަރުކާރުން ވީ އެއްވެސް ވައުދެއް ނުފުއްދޭކަމަށާއި ފެންނަނީ އޮޅުވާލުމާއި ރައްޔިތުންނަށް ހެދި ދޮގުތައް ކަމަށެވެ. އެހެންކަމުން ދެން ޒިންމާދާރު އިދިކޮޅު ދެ ޕާޓީއެއްގެ ހައިސިއްޔަތުން އެބޭފުޅުންނަށް ކުރެވެން އޮތީ ޖަވާބުދާރީ ކުރުވުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެކުގައި މަސައްކަތް ކުރަން ނިންމި ނަމަވެސް އަދިވެސް ހިޔާލު ދެގޮތް ކަންކަން އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ ބޭނުންވަނީ ހައްލު ގެންނަންކަމަށާއި، އެހެންކަމުން މިއީ މާ ގާތް ގުޅުމެއް ވެސް ނޫންކަމަށެވެ.

އަޅުގަނޑުމެން މިއުޅެނީ އެއްގޮތަކަށް ވެސް ކައިވެންޏެއް ކުރާކަށް ނޫން.

އެހެންކަމުން، ދެ ޕާޓީން ވަކިކަންކަމަށް އެއްބަސްވެފައި ވެސް ނުވާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މިހާރު އަޅުގަމެން މިއޮތް 19 ވަނަ މަޖިލީހުގެ ތެރެއިން އެއްބަސްވެވޭ ކަންކަމަށް އެކުގައި މަސައްކަތް ކުރަން ނިންމައިގެން މިތިބީ.. ކުރިޔަށް އޮތް މަޖިލީހަށް އެއްކޮށް ދިއުމުގެ.. މި ދެންނެވީ މަޖިލީހުގެ ގޮނޑިތައް ހޯދަން އެއްކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުމެންގެ އެއްވެސް އެއްބަސްވުމެއް ނެތް.. އަޅުގަނޑުމެން ހަމަގައިމު ވެސް ހުރިހާ ދާރިއާއަކަށް ލާނަން… މިބޭފުޅުން ވެސް ހަމަ ބޭނުންވާ ދާއިރާތަކުން ކުރިޔަށް ދާނެ..

އެހެންކަމުން އަލަށް އިންތިހާބުވާ މަޖިލީހުގައި އަމަލު ކުރާނެ ގޮތް މަޝްވަރާ ކުރާނީ، އަދި ފަހުންކަމަށް ފައްޔާޒް ވިދާޅުވި އެވެ. މިއަދު މިކުރާ މަސައްކަތަކީ ފައްޔާޒް ވިދާޅުވިގޮތުގައި ސަރުކާރުގެ ގޯސްތައް ރައްޔިތުންގެ ފަރާތުން ޝަކުވާތަކުގެ ގޮތުގައި ލިބެމުން ދާތީ އެކަމަށް މަސައްކަތް ކުރުމެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: