ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހަށް ފަހު މަޖިލިސް އިންތިހާބު ބާއްވަން، ގާނޫނަށް އިސްލާހު ގެންނަނީ!

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ތާރީހުތައް މިހާރު ދީފައިވާގޮތުން ރޯދަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހެ އިސްލާހު ހުށަހަޅަން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހަޅަން އެމްޑީޕީއާއި، ޑިމޮކްރެޓްސް ޕާޓީން ނިންމައިފި އެވެ.

ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކުގައި މަސައްކަތް ކުރުމަށް ނިންމައި، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވީ ރޯދަ މަހު އިންތިހާބު ބައްވާތީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް އެކަމުގައި އެބައޮތް ކަމަށެވެ.

މި ނޫން ގޮތަކަށް ތާރީހު ކަނޑައެޅެން ވެސް ނެތުމާއި އެކު އެކަމަށް ގެނެވެން އޮތް ހައްލަކީ ގާނޫނު އިސްލާހު ކުރުންކަމަށް ވާތީ އެމްޑީޕީ – ޑިމޮކްރެޓްސްގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދޭން ހުށަހެޅުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދޭން، މިދެންނެވިހެން އަޅުގަނޑުމެން ދެ ޕާޓީގެ މަޝްވަރާއަށް ފަހު މިހާރު ވާނީ މަޖިލީހަށް ހުށަހަޅާފައި..

އިންތިހާބުތަކާއި ބެހޭ ގާނޫނަށް ވީހާވެސް އަވަހަށް އިސްލާހު ގެނައުން މުހިންމުކަމަށް ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލީސް އިންތިހާބު ބޭއްވުމަށް އެންމެ ރަނގަޅު ތާރީހެއްކަމަށް ފެންނަނީ އީދު ބަންދަށް ފަހު ކަމަށެވެ.

މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އުޅޭކަމާއި، އަދި މަޖިލީހަށް އެހެން ބައެއް ހުށަހެޅުންތަކެއް ހުށަހަޅަން އުޅޭކަން މިއަދު ބައެއް މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އެނގިފައިވާ ގޮތުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވާއިރު މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރުމަށާއި، ވަޒީރުންނަށް ރުހުން ދިނުމާއި މެދު ގޮތެއް ނިންމުން ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި އިންތިހާބު ރޯދަ މަހު ބޭއްވުން ނޫން ގޮތަކަށް ތާރީހުތައް ގާނޫނުގެ ދަށުން ލިބެން ނެތެވެ. އެހެންވެ މާޗު މަހުގެ 17 ގައި އިންތިހާބު ބާއްވަން އިއުލާނުކުރިއިރު އެއީ ރޯދަ މަހުގެ 07 ވަނަ ދުވަހެވެ.

ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް، ހުށަހަޅުއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ފަރާތުންނެވެ. އޭނާ ހުށަހަޅާފައ ވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާކުރާ މާއްދާއެއް ހިމެނޭހެން، އިސްލާހު ގެނައުމަށެވެ.

މަޖިލިސް އިންތިހާބާއި ގުޅޭގޮތުން ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ސިޔާސީ ހުރިހާ ޕާޓީއަކުން ވެސް ވަނީ ގާނޫނަށް އިސްލާހު ގެނެސް އިންތިހާބު ރޯދަ މަހަށް ފަހު ބޭއްވުމަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަން ޕާޓީ ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: