ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓު ކުރުމަށް އެމްޑީޕީ، ޑިމޮކްރެޓްސް އެއްބަސްވެ ގާނޫނަށް އިސްލާހު ހުށަހަޅަނީ!

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދާއިރާތަކުގެ އާބާދީގެ ނިސްބަތަށް ބަލައި، މަޖިލީހުގެ މެމްބަރުންގެ އަދަދަށް ކޮންމެ ދައުރެއްގައި ވެސް ބޮޑެތި ބަދަލުތަކެއް އަންނާތީ، ލިމިޓޭޝަންއެއް ގެނައުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް މާޓީއާއި، ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ފަށައިފި އެވެ.

އިންތިހާބީ ދާއިރާތަކުގެ އާބާދީއަށް ބަދަލު އައިސްފައިވުމުގެ ސަބަބުން، ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އަދަދުތަކުގައި ވަކި ލިމިޓެއް ހުންނަން ޖެހޭކަމަށް ބުނެ އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައީ އެމްޑީޕީއެވެ.

އޭގެ ފަހުން ރިޔާސީ އިންތިހާބާއި ދިމާކޮށް، އެކަމަށް ކަރުދާހެއް ތައްޔާރުކޮށް ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ މެނިފެސްޓޯގައި ވެސް އެކަން ހިމެނި އެވެ. އޭރު އެކަމުގައި މާބޮޑު ސަމާލުކަމެއް ނުލިބުނު ނަމަވެސް މިއަދު ދެ ޕާޓީ އެކުގައި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއްބަވުސްވުމަކަށް އާދެވުނު ކަންކަމުގެ މައުލޫމާތު ދިނެވެ.

ޗަމްޕާ ސެންޓްރަލްގައި އޮތް ބަދަލުވުމުގައި މިއަދު މީޑިއާތަކަށް މައުލޫމާތު ދިނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމެވެ.

ނޫސްވެރިންނަށް ތަފްސީލު ދެއްވައި ފައްޔާޒާއި ހަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީުހގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅިފައި އޮތް ގޮތަށް ކަނޑައަޅަމުން ގެންދިއުމުގެ ސަބަބުން ނިކުންނަ ނަތީޖާތަކެއް އެބަހުރި ކަމަށެވެ. ކޮންމެ ފަސް އަހަރަކުން މިގޮތަށް ދާއިރާތައް އިތުރުވާއިރު އެއީ އަދަދަކީ ތަޅުލެވިފައިވާ އަދަދަކަށް ވާން ޖެހޭކަމަށް ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީން ވަކި ލިމިޓެޑް އަދަދެއް ކަނޑައެޅުމަކީ މިވަގުތަށް މުހިންމުކަމެއްގެ ގޮތުގައި ގަބޫލު ކުރެވޭތީ އެގޮތަށް މަޝްވަރާ ކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވީމާ އެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދެއްގެ ގޮތުގައި ގާނޫނުއަސާސީން ކަނޑައެޅުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެޕާޓީންވެސް ފެންނާތީ އެއީ އަޅުގަނޑުމެން މަޝްވަރާކޮށްފައިވާނޭ ކަމެއް

ދާއިރާތައް އިތުރުވެ މަޖިލީހުގެ ގޮނޑިތަކަށް އަންނަ ބަދަލު ހުއްޓުވަން ޖެހޭކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މެމްބަރުންގެ އަދަދު އެގޮތަށް ހިފެހެއްޓުމަކީ އެއީ ރައްޔިތުން އެންމެ ބޭނުންވާ ގޮތްކަމަށާއި، އެ ގޮތަށް ބަދަލު ގެނައުމަށް އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރިކަމަށެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ހުށަހެޅީ މެމްބަރުގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ.

އެ އިސްލާހުގައި މަޖިލިސް އެކުލެވިގެންވާ ގޮތް ނުވަތަ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުން ވެސް ހިމެނެ އެވެ.

މީގެއިތުރުން އެމްޑީޕީގެ މެނިފެސްޓޯ 2023 ގައި ވެސް ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނަށް އިސްލާހު ގެނައުން ހިމަނާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: